ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ވަށާ އިންފާރު، ގުދަން ރޭނުމަށް މި އިދާރާއިންކުރި ނަންބަރ: (IUL)242/242/2017/08 އިޢުލާނާއިގުޅިގެން ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް އަންދާސީ ހުށަހަޅާފައިވަނީ އެންމެ 2 ފަރާތުންކަމަށްވާތީވެ އެ އިޢުލާން ޓެންޑަރ ކޮމެޓިންއިން ބާތިލް ކޮށްފައިވާ ވާހަކަ ދެންނެވީމެވެ.
ވީމާ، މި ކައުންސިލް އިދާރާގެ ވަށާ އިންފާރު، ގުދަން ރޭނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ގދ.އަތޮޅުކައުންސިލް އިދާރާގެ މީޓިންރޫމަށް ވަޑައިގެން މައުލޫމާތު ސާފްކުރުމަށްފަހު ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން ގދ.އަތޮޅުކައުންސިލް އިދާރާގެ މީޓިންރޫމަށް ވަޑައިގެން ދެއްވުން އެދެމެވެ.
މައުލޫމާތު ސާފްކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
17 އެޕްރީލް 2017 ވަނަ ދުވަހުގެ 10:00 އަށް |
23 އެޕްރީލް 2017 ވަނަ ދުވަހުގެ 10:00 އަށް |
އަދި، ހުށަހަޅުއްވާ އަންދާސީ ހިސާބު ހުންނަށްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި،ދަންނަވަމެވެ. މައުލޫމާތު ސާފްކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއްނުވެއެވެ.
12 ރަޖަބް 1438
09 އެޕްރީލް 2017