ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްޕެނިޝް ކޯސް ފޮރ ޓުއަރިސްޓް ގައިޑްސް، ގްރެޖުއޭޓް އެންޑް އަންޑަރ ގްރެޖުއޭޓް ސްޓުޑެންޓްސް

އޭޝިއާގެ ޤަޢުމުތަކާއި ކޮލަމްބިއާއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ކޮލަމްބިއާއިން ފައްޓަވާ ޕްރޮގްރާމްތަކުގެ ތެރެއިން ސްޕެނިޝް ބަސް ދަސްކުރުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ދެއްވުމަށް ހަމަޖެހިފައިވާކަމަށް ކޮލަމްބިއާ އެމްބަސީން ވަނީ އަންގަވާފައެވެ. މި ސްކޮލަރޝިޕް ހުޅުވާލާފައިވަނީ ދިވެހިރާއްޖޭގެ ރަސްމީ އޮތޯރިޓީއެއްގައި ރަޖިސްޓްރީކޮށްފައިވާ ޓުއާ ގައިޑުން، އަންޑަރގްރެޖުއޭޓް އަދި ގްރެޖުއޭޓް ދަރިވަރުންނަށެވެ. މި ސްކޮލަރޝިޕްގެ ދަށުން ދެކޮޅު ޓިކެޓާއި، ސްޓައިޕެންޑާއި، ކޯހުގެ ޓިއުޝަން ފީ، އިންޓަރނޭޝަނަލް ހެލްތު އިންޝުއަރެންސް އަދި ވިސާ، ކޮލަމްބިއާ ސަރުކާރުގެ ފަރާތުން ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު http://india.embajada.gov.co/newsroom/news/2017-03-10/11052  އިން ލިބިވަޑައިގަންނަވާނެއެވެ.

 

           ވީމާ، މި ކޯހުގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވެރިވެވަޑައިގަންނަވާ ބޭފުޅުން މަތީގައިވާ ލިންކް މެދުވެރިކޮށް 20 އޭޕްރީލް 2017 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

05 އޭޕްރިލް 2017
ހޯދާ