ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: (IUL)270/INDIV/2017/15
"އަތަކުރި" ޢިމާރާތުގެ ހުޅަނގުގައި އިން ފިހާރަބައިގެ ޢިމާރާތް ކުޔަށްހިފަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް މިއިދާރާއިން ކުރެވުނު ނަންބަރ ( (IUL)270/INDIV/2017/13 ) އިއުލާނަށް އެކަށީގެންވާ ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހަޅާފައިނުވާތީވެ، އެ އިއުލާން ބާޠިލްކޮށް، އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ކުޔަށްދޫކުރަން ހަމަޖެހިފައިވާ އުސޫލުތައް:
1- އަގު އަދި ޝަރުތުތައް:
- ކުޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އަގަކީ މަހަކު -/500 ( ފައްސަތޭކަ ރުފިޔާއެވެ.)
- ސްކޫލް ދޮރުމަތީގައި އޮތް ދާގަނޑު މަރާމާތުކޮށް ބެލެހެއްޓުން
- ޢިމާރާތުގެ ހުސްބައިގައި ބަގީޗާ ހެއްދުމާއި ކުނިކަހާ ސާފުކޮށް ބެލެހެއްޓުން
- ޢިމާރާތުގެ ގޯތިތެރޭގައި ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންނަށް އިށީނދެލުމަށް ބެންޗްތައް ތަރައްޤީކުރުން
- އިމާރާތާއި ވަށާފާރުގައި ކުލަލައި ޒީނަތްތެރިކޮށް ބެލެހެއްޓުން
2- އިމާރާތުގައި ކުރެވޭނެ މަސައްކަތްތައް:
- އިމްޕޯރޓް މުދާ ވިއްކުމުގެ މަސައްކަތްތައް.
3- މުއްދަތު:
- · 10(ދިހައެއް) އަހަރު.
4- އިވެލުއޭޓް ކުރާނޭގޮތް:
1- އިއުލާނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަކުރުން އަދި ފުރިހަމަކުރެވޭނެ މުއްދަތު %40
2- އިއުލާނުގައި ބަޔާންކޮށްފައިވާ ޝަރުތުތަކުގެ އިތުރުން ކޮށްދޭނެ ކަންތައްތައް %50
3- ލޭނޑްސްކޭޕް،ޑްރޯވިންގ، ފިއުޗަރ ޕްލޭން އަދި ފައިނޭންސިއަލް ޕްލޭން
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 17 އޭޕްރީލް 2017 ވާ ހޯމަ ދުވަހުގެ 11:00 އަށް ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 24 އޭޕްރީލް 2017 ވާ ހޯމަ ދުވަހުގެ 11:00 އަށްޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ކުންފުންޏެއްގެ ފަރާތުން ނުވަތަ އެހެން މީހެއްގެ ބަދަލުގައި ފޯމް ހުށަހެޅުމަށް ހާޟިރުވާ ފަރާތްތަކުން އެމީހަކު ތަމްސީލް ކުރަނީ ކޮން ފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ.
ޝުކުރިއްޔާ
09 ރަޖަބް 1438
06 އޭޕްރީލް2017
މުޙައްމަދު ޝާކިރު
މަކުނުދޫ ކައުންސިލްގެ ރައީސް