ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ބަނދަރު ސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

  ނަންބަރު: (IUL)243-S02/243/2017/11

  

            އިޢްލާން            

 

ވަޒީފާގެ ފުރުޞަތު 

ފުވައްމުލަކު ބަނދަރު ސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މަޤާމު

މަސައްކަތު (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު

01

އޮފީސް/އިދާރާ

ފުވައްމުލަކު އަތޮޅުކައުންސިލްގެ އިދާރާ

މުސާރަ އާއި އެލަވަންސް

މަހަކު 4100 ރުފިޔާ ( ހަތަރުހާސް އެއް ސަތޭކަ ރުފިޔާ)

ޝަރުތު

 ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު ޢުމުރުން 65   އަހަރުން މަތީގެ މީހަކު ކަމުގައި ނުވުން. 

ކުރަންޖެހޭ މައިގަނޑު

މަސައްކަތްތައް

  1. ބަނދަރު މެނޭޖުކޮށް ބެލެހެއްޓުން (ބަނދަރުތެރެއަށް އަންނަ އުޅަދުފަހަރަށް ޖާގަ ހަމަޖެއްސުން)
  1. ބަނދަރު މެނޭޖުކުރުމަށް ހެދިފައިވާ ޤަވާޢިދުތަކާއި އުސޫލުތަކާއި ޚިލާފު ފަރާތްތައް އަތޮޅު ކައުންސިލަށް

     ރިޕޯޓްކުރުން

  1.  ބަނދަރު ސަރަހައްދާއި ބަނދަރު ތެރެއިން ކުނިނަގާ ސާފުކޮށް ބެލެހެއްޓުން
  2. ބަނދަރަށާއި  ބަނދަރު ސަރަހައްދަށް ކަރުގޮހޮރު އަޅާފ ފަރާތްތައް ބެލުމާއި، އެކަން ހުއްޓުވުން
  3. ޤަވާޢިދާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ މަސައްކަތް އަތޮޅު ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދިއުން
  4. ބަނދަރު ސަރަހައްދުގެ ޑިއުޓީ ކުރަންޖެހޭ ޙާލަތްތަކުގައި ޑިއުޓީ އުސޫލުން މަސައްކަތް ކުރުން
  5. ބަނދަރަށް ވަދެނުކުމެ ހަދާ ސަފާރީ ތަކަށް ޖާގަ ދިނުމާއި ސަފާރިތަކުން ލިބެންޖެހޭ ފައިސާ ހޯދުން

ޢިނާޔަތްތައް

މި މަޤާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑިއާއި ބަންދު ދުވަހުގެ

އެލަވަންސް ލިބޭނެއެވެ.

މީހުން ހޮވުމުގައި

ބަލާނެ ކަންތައްތައް

-          ވަޒީފާގެ ދާއިރާގެ ޓެކްނިކަލް މަޢުލޫމާތު ލިބިފައިވުން.

-          މީހުންނާ މުޢާމަލާތު ކުރުމުގެ ހުނަރާއި ތަޖުރިބާ ލިބިފައިވުން

-          މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

ހުށަހަޅަންޖެހޭ ތަކެތި

މަޤާމަށް އެދި ހުށަހަޅާ ސިޓީއާއެކު މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ލިބިފައިވާ ތަޖްރިބާގެ ލިއުމުގެ ކޮޕީ

ސިޓީ ފޮނުވަންވީ ތާރީޚް

13 އޭޕްރީލް 2017 ވާ ބުރާސްފަތި  ދުވަހުގެ މެންދުރު 14:00 ގެ ކުރިން އަތޮޅު ކައުންސިލް އިދާރާއަށް.

އިތުރު މަޢްލޫމާތު ހޯދުން

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  ފޯން ނަންބަރ 6865001 ،ފެކްސް: 6860958

އީމެއިލް: [email protected]  

 

 

06 އޭޕްރިލް 2017
ހޯދާ