ދިވެހިރާއްޖެ
އިޢުލާން ނަންބަރ: ADMHR-MPL/2017/81
އަންދާސީ ހިސާބު ބޭނުންވެއްޖެ.
މަސައްކަތް |
މިކުންފުނީގެ 08ވަނަ ފަންގިފިލާގެ ޢިމާރާތުގެ ބޭރުގައި ބިއްލޫރި ދޮރުތަކެއް ޖައްސަވައި ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 11 އޭޕްރިލް 2017ވާ އަންގާރަ ދުވަހުގެ 14:00އަށް ޕޯސްޓް ބިލްޑިންގ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 އޭޕްރިލް 2017ވާ ހޯމަ ދުވަހުގެ 14:00އަށް 5 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ހާޟިރުވެ ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް އަދި ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ - އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާ ސެޓްފިކެޓު އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ - ހުޅަހެޅިފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ. - އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ ހުށަހެޅުން - ތަޖުރިބާއަށް މާކްސް ދިނުމުގައި ބެލެވޭނީ މިފަދަ މަސައްކަތްތައް އެހެން އޮފީސް ތަކުގައި ކޮށްފައިވާ ގޮތާ ގުޅޭގޮތުން އެއޮފީހަކުން ދީފައިވާ ރިކޮމެންޑޭޝަން ސިޓީ ފަދަ ލިޔުންތަކަށެވެ.
|
އަންދާސީ ހިސާބު ހުޅަހެޅުން: |
އަންދާސީ ހިސާބު 17 އޭޕްރިލް 2017ވާ ހޯމަ ދުވަހު މިއޮފީހަށް ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުޅަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި " 08 ވަނަ ފްލޯރގެ އިމާރާތުގެ ބޭރުން ބިއްލޫރި ދޮރުތަކެއް ޖަހައި ދިނުން" ލިޔެފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅޭނީ މިބިޑް އާ ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަނަށް ހާޟިރުވެވަޑައިގަންނަވާ ފަރާތްތަކަށެވެ.
|
ލިޔެކިއުން ހުށަހަޅަން ޖެހޭ ތަން: |
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސަސް ސެކްޝަން މާލެ، ދިވެހި ރާއްޖެ
|
އިތުރު މަޢުލޫމާތު: |
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ، 3009,212- 3009,213- 3009,214ނަންބަރު ނުވަތަ 3009,211 ނަންބަރު ގުޅުއްވުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.
|
09 ރަޖަބް 1438 06 އޭޕްރިލް 2017 |