ދިވެހިރާއްޖެ
ކ.އަތޮޅު މަދަރުސާ ކ.ކާށިދޫ،ދިވެހިރާއްޖެ |
||||||||||||||||
ތާރީޚް: 05 އޭޕްރީލް 2017 |
ނަމްބަރު: GS36/2017/14 |
|||||||||||||||
އިޢުލާން |
||||||||||||||||
ބީލަން ހުށައެޅުމުގެ ދަޢުވަތު
މަދަރުސާގެ ހޯލު އިމާރާތުގައި އެލްމެނިއަމް ދޮރު ހަރުކުރުން
އަމިއްލަތަކެތީގައި މިމަދަރުސާގެ ހޯލުއިމާރާތުގައި އެލްމެނިއަމް ދޮރު ހަރުކުރުމުގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޤާނޫނު ނަމްބަރު 2014/18، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު 2014/19، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވީމާ، މިމިަސައްކަތަށް ބީލަންހުށައެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލްގައި ހިމެނޭގޮތަށް މައުލޫމާތު ސާފުކުރައްވާ، ބީލަން ހުށައެޅުއްވުން އެދެމެވެ.
މަޢުލޫމާތުދިނުމުގެ ސެޝަންއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ކުންފުޏެއްގެ ފަރާތުން މައުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ބޭފުޅުން ކުންފުނީގެ ލިޔުމެއް ގެންނަވަންޖެހޭނެއެވެ. އަދި އަމިއްލަފަރުދުންގެ ވިޔަފާރީގެ ވެރިފަރާތްނޫން އެހެންފަރާތެއް މައުލޫމާތު ސާފުކުރުން ވަޑައިގަންނަވާނަމަވެސް ވެރިފަރާތުގެ ލިޔުމެއްގެންނަވަން ޖެހޭނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް، ރަސްމީ ގަޑީގައި، މަދަރުސާގެ ފޯނު ނަމްބަރު 6640036 އާއި ގުޅުއްވުން އެދެމެވެ.
05 އޭޕްރީލް 2017
|