ދިވެހިރާއްޖެ
ނަންބަރު: MRDC-IUL/2017/11
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ ލޭންޑިންގ ކްރާފްޓްއަށް މިދަންނަވާ މަޤާމްތަކަށްްް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
އެސިސްޓަންޓް އިންޖިނިއަރ ، ގްރޭޑް 3 |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
ކްލެސިފިކޭޝަން / ރޭންކް: |
އެސް.އެސް 2 – ގްރޭޑް3 |
މުސާރަ: |
މަހަކު -/5040 ރުފިޔާ (ފަސްހާސް ސާޅީސް ރުފިޔާ) |
އެލަވަންސްތައް: |
މަހަކު -/3008 ރުފިޔާ (ތިންހާސް އަށްރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
ދުވާލަކަށް -/100 ރުފިޔާ (ސަތޭކަ ރުފިޔާ) ދަތުރުގައި ހޭދަވާ ކޮންމެ ދުވަހަކަށް |
މަސައްކަތް ކުރަންޖެހޭތަން: |
ކޯޕަރޭޝަނުގެ ލޭންޑިންގ ކްރާފްޓް |
ފެންވަރު ނުވަތަ ޝަރުތު: |
- މެކޭނިކަލް އިންޖިނިއަރިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓިފިކެޓެއް އޮތުން، ޓްރާންސްޕޯޓް އޮތޯރިޓީ ޤަބޫކުރާ މެރިން މެކޭނިކް ސެޓިފިކެޓް އޮތުމާއި އެކު މަޤާމުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ - މެކޭނިކަލް އިންޖިނިއަރިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓިފިކެޓެއް އޮތުން، ޓްރާންސްޕޯޓް އޮތޯރިޓީ ޤަބޫކުރާ މެރިން މެކޭނިކް ސެޓިފިކެޓް އޮތުމާއި އެކު މަޤާމުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ - ޓްރާންސްޕޯޓް އޮތޯރިޓީ ޤަބޫކުރާ މެރިން މެކޭނިކް ސެޓިފިކެޓް އޮތުމާއި އެކު މަޤާމުގެ ދާއިރާގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
އެހެނިހެން ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން. - މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން. - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- އުޅަނދުގެ މެއިން އިންޖީނާއި، ޖަނަރޭޓަރތަކާއި، މެޝިނަރީތައް ބެލެހެއްޓުން. - އިންޖީނާއި މެޝިނަރީތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުން. - އުޅަނދަށް ބޭނުންވާ މަރާމާތުތައް ކުރުމާއި ގެއްލުންތައް ރިޕޯޓްކުރުން. - އުޅަނދު ސާފުކޮށް ބެލެހެއްޓުމާއި، މަސައްކަތާއި ގުޅުންހުރި ރިޕޯޓްތައް ތައްޔާރުކުރުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. - އުޅަނދަށް ބޭނުންވާ ތެލާއި އިތުރު ވަސީލަތްތައް ހޯދުމާއި ބެލެހެއްޓުމާއި ބޭނުންކުރެވޭގޮތް މޮނިޓަރކުރުން. - މުދާ ރައްކާތެރިކޮށް ބެލެހެއްޓުމާއި ތިމާވެއްޓަށް ގެއްލުން ނުވާނެހެން ކަނޑުދަތުރު ތަކުގެ އިންތިޒާމު ހަމަޖެއްސުން. - އުޅަނދާއި ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. - މަތީގައިވާ ކަންކަމުގެ އިތުރުން، އެމްއާރުޑީސީ އިން ކުރިއަށްގެންދާ އިތުރު ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވުން. |
މަޤާމް: |
ކެޕްޓަން (ލޭންޑިންގ ކްރާފްޓް)، ގްރޭޑް 2 |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
ކްލެސިފިކޭޝަން / ރޭންކް: |
އެސް.އެސް 3 – ގްރޭޑް2 |
މުސާރަ: |
މަހަކު -/6080 ރުފިޔާ (ހަހާސް އަށްޑިހަ ރުފިޔާ) |
އެލަވަންސްތައް: |
މަހަކު -/6216 ރުފިޔާ (ހަހާސް ދުއިސައްތަ ސޯޅަރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
ދުވާލަކަށް -/100 ރުފިޔާ (ސަތޭކަ ރުފިޔާ) ދަތުރުގައި ހޭދަވާ ކޮންމެ ދުވަހަކަށް |
މަސައްކަތް ކުރަންޖެހޭތަން: |
ކޯޕަރޭޝަނުގެ ލޭންޑިންގ ކްރާފްޓް |
ފެންވަރު ނުވަތަ ޝަރުތު: |
- ދިވެހިރާއްޖޭގެ ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް (ސީ އާއި ޑީ) ލިބިފައިވުން. - 200ޓަނަށްވުރެ މަތީ ކެޕޭސިޓީގެ 2 އިންޖީނުލީ ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ދާއިރާއިން މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. - ޓްރާސްޕޯޓް އޮތޯރިޓީން ދޫކުރާ ނިޔަމިކަމުގެ ސެޓުފިކެޓު ލިބިފައިވުން. - ތަޢުލީމީ ފެންވަރު ދަށްވެގެން ގްރޭޑް 7 ގެ ފެންވަރު ހުރުން. |
އެހެނިހެން ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން. - މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން. - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- އުޅަނދާއި ފަޅުވެރިން ބެލެހެއްޓުން. - އެމްއާރުޑީސީ އިން ކުރަންޖެހޭ ދަތުރުތައް ކުރުމާއި، އެކިއެކި ސައިޓްތަކަށް ބޭނުންވާ ތަކެއްޗާއި މީހުން ގެންގޮސް ގެނެސްދިނުން. - އުޅަނދަށް ބޭނުންވާ މަރާމާތުތައް ކުރުމާއި، ގެއްލުންތައް ރިޕޯޓްކުރުމާއި، މަރާމާތަށް ބޭނުންވާ ހުއްދަ ހޯދުމާއި، މަސައްކަތް ހިނގާނުހިނގާގޮތް ބެލުން. - އުޅަނދު ސާފުކޮށް ބެލެހެއްޓުވުމާއި، މަސައްކަތާއި ގުޅުންހުރި ރިޕޯޓްތައް ތައްޔާރުކުރުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. - އުޅަނދަށް ބޭނުންވާ ތެލާއި އިތުރު ވަސީލަތްތައް ހޯދުމާއި ބެލެހެއްޓުމާއި ބޭނުންކުރެވޭގޮތް މޮނިޓަރކުރުން. - މުދާ ރައްކާތެރިކޮށް ބެލެހެއްޓުމާއި ތިމާވެއްޓަށް ގެއްލުން ނުވާނެހެން ކަނޑުދަތުރު ތަކުގެ އިންތިޒާމު ހަމަޖެއްސުން. - އުޅަނދާއި ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. -މަތީގައިވާ ކަންކަމުގެ އިތުރުން، އެމްއާރުޑީސީ އިން ކުރިއަށްގެންދާ އިތުރު ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވުން. |
މަޤާމް: |
ފަޅުވެރި ، ގްރޭޑް 1 |
ބޭނުންވާ ޢަދަދު: |
02 (ދޭއް) |
ކްލެސިފިކޭޝަން / ރޭންކް: |
އެސް.އެސް 3 – ގްރޭޑް1 |
މުސާރަ: |
މަހަކު -/4560 ރުފިޔާ (ހަތަރުހާސް ފައްސަތޭކަ ފަސްދޮޅަސް ރުފިޔާ) |
އެލަވަންސްތައް: |
މަހަކު -/2912 ރުފިޔާ (ދެހާސް ނުވަސަތޭކަ ބާރަރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
ދުވާލަކަށް -/100 ރުފިޔާ (ސަތޭކަ ރުފިޔާ) ދަތުރުގައި ހޭދަވާ ކޮންމެ ދުވަހަކަށް |
މަސައްކަތް ކުރަންޖެހޭތަން: |
ކޯޕަރޭޝަނުގެ ލޭންޑިންގ ކްރާފްޓް |
ފެންވަރު ނުވަތަ ޝަރުތު: |
- ޓްރާސްޕޯޓް އޮތޯރިޓީން ކަނޑައަޅާ ފަޅުވެރިންގެ ސެޓުފިކެޓު އޮތުމާއެކު ކަނޑުގެ އުޅަނދުފަހަރު ގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. - ތަޢުލީމީ ފެންވަރު ދަށްވެގެން ގްރޭޑް 7 ގެ ފެންވަރު ހުރުން. |
އެހެނިހެން ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން. - މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން. - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- އުޅަނދު ބެލެހެއްޓުން. - އެމްއާރުޑީސީ އިން ކުރަންޖެހޭ ދަތުރުތައް ކުރުމާއި، އެކިއެކި ސައިޓްތަކަށް ބޭނުންވާ ތަކެއްޗާއި މީހުން ގެންގޮސް ގެނެސްދިނުމަށް އުޅަނދުގެ ކެޕްޓަނުގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުން. - އުޅަނދަށް ބޭނުންވާ މަރާމާތުތައް ކުރުމާއި ގެއްލުންތައް ރިޕޯޓްކުރުން. - އުޅަނދު ސާފުކޮށް ބެލެހެއްޓުން. - މުދާ ރައްކާތެރިކޮށް ބެލެހެއްޓުމާއި ތިމާވެއްޓަށް ގެއްލުން ނުވާނެހެން ކަނޑުދަތުރު ތަކުގެ އިންތިޒާމު ހަމަޖެއްސުން. - އުޅަނދާއި ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. - މަތީގައިވާ ކަންކަމުގެ އިތުރުން، އެމްއާރުޑީސީ އިން ކުރިއަށްގެންދާ އިތުރު ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވުން. |
މަޤާމް: |
ކައްކާ (ލޭންޑިންގ ކްރާފްޓް)، ގްރޭޑް 1 |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
ކްލެސިފިކޭޝަން / ރޭންކް: |
އެސް.އެސް 3 – ގްރޭޑް1 |
މުސާރަ: |
މަހަކު -/5680 ރުފިޔާ (ފަސްހާސް ހަސަތޭކަ އަށްޑި ރުފިޔާ) |
އެލަވަންސްތައް: |
މަހަކު -/3136 ރުފިޔާ (ތިންހާސް އެއްސަތޭކަ ތިރީސް ހަރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
ދުވާލަކަށް -/100 ރުފިޔާ (ސަތޭކަ ރުފިޔާ) ދަތުރުގައި ހޭދަވާ ކޮންމެ ދުވަހަކަށް |
މަސައްކަތް ކުރަންޖެހޭތަން: |
ކޯޕަރޭޝަނުގެ ލޭންޑިންގ ކްރާފްޓް |
ފެންވަރު ނުވަތަ ޝަރުތު: |
- ޓްރާސްޕޯޓް އޮތޯރިޓީން ކަނޑައަޅާ ފަޅުވެރިންގެ ސެޓުފިކެޓު އޮތުމާއެކު ކަނޑުގެ އުޅަނދުފަހަރު ގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. - ތަޢުލީމީ ފެންވަރު ދަށްވެގެން ގްރޭޑް 7 ގެ ފެންވަރު ހުރުން. |
އެހެނިހެން ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން. - މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން. - ރަނގަޅު ފެންވަރެއްގައި ތަފާތު ވައްތަރުގެ ކާނާ ތައްޔާރުކުރަން އެނގުން. - އާންމު ގޮތެއްގައި ދިވެހިން ކެއިން ބުއިމަށް ބޭނުންކުރާ ކާނާ ތައްޔާރުކުރަން އެނގުން. - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- ކޯޕަރޭޝަނުގެ ލޭންޑިންގ ކްރާފްޓްގައި ތިބޭ ހުރިހާ މުވައްޒަފުންނަށް ބޭނުންވާ ކޮއްތު ތައްޔާރުކޮށްދިނުން. -މެނޫ ތައްޔާރުކޮށް މެނޫއާއި އެއްގޮތަށް ސުފުރާމަތި ތައްޔާރުކޮށްދިނުން. -ކައްކަން ބޭނުންވާ ތަކެތީގެ ސްޓޮކް ބެލެހެއްޓުމާއި އެކު އިތުރަށް ހޯދަންޖެހޭ ތަކެތީގެ ލިސްޓު ތައްޔާރުކޮށް ރިކުއެސްޓް ކުރުން. -ކައްކަން ބޭނުންކުރާ ތަކެތި ހަލާކުވިޔަނުދީ ބެލެހެއްޓުން. -ބަދިގެ ސާފުތާހިރުކޮށް ބެލެހެއްޓުން. - މަތީގައިވާ ކަންކަމުގެ އިތުރުން، ކޯޕަރޭޝަނުން ކުރިއަށްގެންދާ އިތުރު ކަންތައްތަކުގެ ޢަމަލީގޮތުން ބައިވެރިވުން. |
ސުންގަޑި: |
މިވަޒީފާއަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2017 އޭޕްރީލް 10 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 އޭޕްރިލް މަހުގެ ތާރީޚެއްގައިއެވެ. |
ނޯޓް: |
މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީ ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ 3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
08 ރަޖަބް 1438
05 އޭޕްރިލް 2017