ދިވެހިރާއްޖެ
ނަންބަރ: IUL)141-SD/141/2017/16)
އިޢުލާން
ޤާނޫނު ނަންބަރު 2015/30 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) ގެ 5 ވަނަ މާއްދާގައި، އެއްވެސް ކުޅިވަރެއް ނުވަތަ ޙަރަކާތަކަށް ނިސްބަތްވާ
ކްލަބް ނުވަތަ ޓީމު ނުވަތަ ޖަމްޢިއްޔާއެއް ޤާއިމްކޮށް ހިންގޭނީ އެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިގެން ކަމަށް ބަޔާންކޮށްފައި ވީ ހިނދު،
ދިވެހިރާއްޖޭގައި އެއްވެސް ކުޅިވަރެއް ނުވަތަ ޙަރަކާތަކަށް ނިސްބަތްވާ ކްލަބް ނުވަތަ ޓީމު ނުވަތަ ޖަމްޢިއްޔާއެއް ރަޖިސްޓަރީކުރުމާއި ހިންގުމުގައި
ޢަމަލުކުރާނެގޮތް ބަޔާންކުރާ ގަވާއިދު، 'ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު'، 2 ފެބުރުވަރީ 2017 ވަނަ ދުވަހު ވަނީ
ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވިފައެވެ.
ވީމާ، 'ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު' ގެ ދަށުން ކުޅިވަރު ކުލަބް ޖަމްޢިއްޔާތައް ކޮމިޝަނަރ އޮފް ސްޕޯޓްސްގައި
ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލަމެވެ. އަދި، ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީ
ކުރެވިފައިވާ ކުޅިވަރު ކުލަބް ޖަމްޢިއްޔާތައް މި ގަވާއިދުގެ ދަށުން ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކުރުމަށްޓަކައި، 8 ޖޫން 2017 ވާ
ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ. 'ކުޅިވަރު ޖަމްޢިއްޔާތައް
ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު' އާއި ހުށައަޅަންޖެހޭ ފޯމް މި މިނިސްޓްރީގެ ވެބްސައިޓު (www.youth.gov.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
08 ރަޖަބް 8143