ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

ި ޓްރައިބިއުނަލުން 13 މާރިޗް 2017 ގައި ކުރި ނަންބަރު (IUL)223/1/2017/1 ގެ އިޢުލާން ބާޠިލުކޮށް، އެ މަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

މަޤާމް:

އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު:

01

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެޑްމިން އެންޑް ފައިނޭންސް ސެކްޝަން

އަސާސީ މުސާރަ

-/3100 ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް:

ލިވިންގ އެލަވަންސް: -/1000 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް: މުސާރައިގެ %40

އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

-          ތަންތަނަށް ފޮނުވަންޖެހޭ ސިޓީއާއި އަމުރުފަދަ ތަކެތި ރައްދުކުރުމާއި، އޮފީހަށް ބޭނުންވާ ތަކެތި ގެނައުމުގެ މަސައްކަތްކުރުން.

-           މަސައްކަތު މީހާ ޗުއްޓީއާއި ސަލާމުގައި ހުންނަ ދުވަސްތަކުގައި މަސައްކަތުމީހާ ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.

-          އޮފީސް ހުޅުވާ ލެއްޕުން ޙަވާލުކުރެވިއްޖެނަމަ، އެކަމާބެހޭ މަސައްކަތްކުރުން.   

 

ޝަރުތު:

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ޘާބިތުކޮށްދިނުން.

ހުށަހަޅުއްވަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.
  2. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. (ވަޒީފާގެ މަސްއޫލިއްޔަތު، އެވަޒީފާގައި ހޭދަވި މުއްދަތު އަދި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް).
  3. ތަޢުލީމީ ސެޓްފިކެޓެއް ލިބިފައިވާނަމަ އެ ސެޓްފިކެޓެއްގެ ކޮޕީ.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު).

 

                 ވީމާ މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 17 އޭޕްރީލް 2017 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މި ޓްރައިބިއުނަލަށް (މއ.ޖަންބުގަސްދޮށުގެ/ ހަތަރުވަނަ ފަންގިފިލާ) ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށްއެދޭ ފޯމް މި ޓްރައިބިއުނަލުންނާއި، އަދި މި ޓްރައިބިއުނަލްގެ ވެބްސައިޓްwww.tat.gov.mv  އިން ލިބެން ހުންނާނެއެވެ.  

 

 

05 އޭޕްރީލް 2017

05 އޭޕްރިލް 2017
ހޯދާ