މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އިންޓަގްރޭޓަޑް ވޯޓަރ ރިސޯސް މެނޭޖްމަންޓުގެ މާއްދާއެއްގެ ކަރިކިއުލަމެއް އެކުލަވައިލުމަށް ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއްޖެ

                      ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު                            

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން އިންޓްގްރޭޓަޑް ވޯޓަރ ރިސޯސް މެނޭޖްމަންޓް މާއްދާއެއްގެ ކަރިކިއުލަމެއް އެކުލަވައިލުމަށް ކޮންސަލްޓަންޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން އަރުވަމެވެ.

މިމަސައްކަތުގެ " ޓާރމްސް އޮފް ރިފެރެންސް " މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އިޢުލާނާއެކު އެޓޭޗް ކޮށްފައިހުރި ޓީ.އޯ.އާރ ޑައުންލޯޑް ކުރެވޭނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ 5 ދުވަސް ކުރިން ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންވީ ތެކެތި:

  • މަސައްކަތް ކޮއްދިނުމުގެ ޕްރޮޕޯސަލް ( ވާރކް ޕްލާން )
  • ކަރިކިއުލަމް ވައިޓޭ (ސީވީ)
  • އައި.ޑީ ކާޑުގެ ކޮޕީ
  • މިފަދަ މަސައްކަތެއް ކުރިން ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން
  • ނަން ޑިސްކްލެއިމަރ ފޯމް (ޓީ.އޯ.އާރ ގައި ފޯމް)

ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 13 އެޕްރިލް 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާގޮތަށް ޖެއްސެވުމަށްފަހު 13 އެޕްރިލް 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.

" އިންޓަގްރޭޓަޑް ވޯޓަރ ރިސޯސް މެނެޖްމަންޓް މާއްދާއެއް ތައްޔާރު ކުރުން : IUL)438-WS/438/2017/68)"

"ޕްރޮޕޯސަލް" އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅަން ވާނީ ތިރީގައި މިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018431 960+ ފެކްސް: 3018301 960+

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

05 އޭޕްރިލް 2017
ހޯދާ