މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

c

 

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

        މާލެ،ދިވެހިރާއްޖެ

 

ވަޒީފާގެ ފުރުޞަތު

އިޢުލާން ނަންބަރ: 64(IUL)13-HR/13/2017/

މަޤާމް:

ފަންޑްސް އެގްޒެކެޓިވް

މަޤާމުގެ ނަންބަރު:

288708

ބޭނުންވާ އަދަދު

1

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އީ.އެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

ސެކްޝަން:

ފަންޑްސް މެނޭޖްމަންޓް ސެކްޝަން/ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިވިޜަން

މަޤާމު އޮތް އޮފީސް

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

މުސާރަ

މަހަކު -/8,835 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

- ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ކޮންމެ މަހަކު ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

- ފަންޑް މެނޭޖްމަންޓް ސެކްޝަންގެ މަސައްކަތް ދުވަހުން ދުވަހަށް ރާވައި ހިންގުމާއި މުވައްޒަފުން ސުޕަވައިޒްކޮށް ބެލެހެއްޓުން

- ދައުލަތަށް ލިބޭފައިސާ ބެލެހެއްޓުމާއި ހޭދަކުރެވޭ ފައިސާ ބެލެހެއްޓުމާއި ފައިސާގެ ޖުމްލަ ހިމެނޭ ރިޕޯޓް ތައްޔާރުކުރުމާއި ޕަބްލިކް ބޭންކް އެކައުންޓާއި، ސަރުކާރުގެ އެހެނިހެން ބޭންކު އެކައުންޓްތައް ޤަވާޢިދުން ބެލެހެއްޓުމާއި ހަފްތާއިން ހަފްތާއަށް ސަރުކާރުގެ އިދާރާތަކާއި ގުޅިގެން އެތަންތަނަށް ލިބެން ހުންނަފައިސާ އާއި ޚަރަދު ބެލެހެއްޓުމުގެ މަސައްކަތް ރާވައި ހިންގުން

- ޕަބްލިކް އެކައުންޓިންގ ސިސްޓަމުގެ ތެރެއިން މުދަލާއި ހިދުމަތްދޭ ފަރާތްތަކަށް ފައިސާ ދިނުމާއި މުވައްޒަފުންގެ މުސާރަ ދިނުމާއި ދަރަނި ނެގުމުން އަރާ އިންޓަރެސްޓް އާއި ޗާރޖްގެ ފައިސާ ދިނުމުގެ މަސައްކަތްތައް ރާވައި ހިންގުން

- ޕަބްލިކް އެކައުންޓިންގ ސިސްޓަމްގެ އަސާސަށް ބަލައިގެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށާއި އެހެނިހެން އިދާރާތަކުގެ ފައިސާ އާއި ޗެކް ހޭދަކުރެވޭގޮތް ރިޕޯޓް ކުރާނޭ އިންތިޒާމް ހަމަޖައްސައި އެކަން ބެލެހެއްޓުން

- ލިބޭފައިސާ އާއި ހޭދަކުރެވޭ ފައިސާގެ ދުވަހު ރިޕޯޓާއި ހަފްތާ ރިޕޯޓް ޕަބްލިކް އެކައުންޓިންގ ސިސްޓަމުގެ ބޭނުންކޮށްގެން ހެދޭނެގޮތް ރާވައި އެކަންތައް ރޭވިފައިވާގޮތަށް ހިނގާކަން ކަށަވަރުކުރުން.

- ކޭޝް އޮފީހާއި އެހެނިހެން އިދާރާތަކުގެ މުވައްޒަފުން މަޢުލޫމާތު އެއްކޮށް ބަލައި ރިޕޯޓްތައް މުޠާލިޢާކުރާނެ ގޮތުގެ މައްޗަށް ތަމްރީނުކޮށް، އެމީހުންނަށް ބަޖެޓްގެ އަޞްލާ ރިޕޯޓްގައި ތަފާތެއްވާނަމަ އެކަމާބެހޭ ގޮތުން ޢަމަލުކުރާނެގޮތް ދަސްކޮށްދިނުން.

- ފައިސާ ވަންނަގޮތް ކުރިއަށް ލަފާކުރާނެގޮތް ދަސްކޮށްދިނުމަށް މުވައްޒަފުން ތަމްރީނުކޮށް، ބޭންކުތަކުގެ ބާކީ ހޯދައި ދުވަހުގެ ބޭންކު ބާކީތައް ލަފާކޮށް ތަކެތި ގަންނަ ފަރާތްތަކަށް ފައިސާ ދޫކުރުމުގެ އިންތިޒާމް ރާވައި ހިންގުން

- ބޭންކު ބާކީ އަށް އަސަރުކުރާ ބޮޑެތި މުޢާމަލާތްތައް ރިޕޯޓްކުރާނެ ގޮތްތައް ރާވައި ތަންފީޛްކުރުން.

- ހިނގަހިނގާ ހުންނަ ޚަރަދުތަކަށް ފުދޭ މިންވަރަށް ސަރުކާރު ބޭންކް އެކައުންޓްގައި ފައިސާ ހުރިކަން ކަށަވަރު ކުރުން.

- ޕަބްލިކް އެކައުންޓިންގ ސިސްޓަމް ސޮފްޓްވެއަރގެ އެކައުންޓްސް ޕެޔަބަލް މޮޑިއުލްއާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް ރާވައި ހިންގުން

- ޕަބްލިކް އެކައުންޓިންގ ސިސްޓަމްގެ ސޮފްޓްވެއަރގެ މެޓީރިއަލް މެނޭޖަމަންޓް މޮޑިއުލްއާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް ރާވައި ހިންގުން

- ޕަބްލިކް އެކައުންޓިންގ ސިސްޓަމްގެ ސޮފްޓްވެއަރގެ ފަންޑްސް މެނޭޖަމަންޓް މޮޑިއުލްއާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް ރާވައި ހިންގުން

 

މަޤާމްގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ފައިނޭންސް، އެކައުންޓިން، އިކޮނޮމިކްސް، މެނޭޖްމަންޓް އަދި އެޑްމިނިސްޓްރޭޝަން ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ފައިނޭންސް، އެކައުންޓިން، އިކޮނޮމިކްސް، މެނޭޖްމަންޓް އަދި އެޑްމިނިސްޓްރޭޝަން ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ފައިނޭންސް، އެކައުންޓިން، އިކޮނޮމިކްސް، މެނޭޖްމަންޓް އަދި އެޑްމިނިސްޓްރޭޝަން ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް  ހޮވުމުގައި ބަލާނެ ކަންތައްތައް:

- ސެޕް ސޮފްޓްވެއަރ ބޭނުންކުރަން އެނގޭ މީހަކު ކަމުގައިވުން

- ގިނަ ވަގުތުގައި މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.

- ތެދުވެރިކަމާއި، ފަރުވާތެރިކަމާއެކު ރަނގަޅަށް މުޢާމަލާތް ކުރުމުގެ ހުނަރާއި މުޢާމަލާތްކުރުމުގައި ރަޙްމަތްތެރިކަމުގެ ސިފަހުރުން.

- ވިސްނުންތޫނުކަމާއެކު ޕްރެޝަރގައި މަސައްކަތް ކުރުމުގެ ހުނަރު ހުރުން.

- މައިކޮރޯ ސޮފްޓް ވޯރޑް އަދި އެކްސެލް ބޭނުން ކުރަން އެގުން

- ކޮމްޕިއުޓަރ ބޭނުންކުރަން އަހުލުވެރިވެފައިވާ މިންވަރު

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.  

- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫއްކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓަރާސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މި ފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

 

-          ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

-  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓަރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އަދި ސިވިލް ސަރވިސްގައި ނުހިމެނޭ ދައުލަތުގެ އެހެން އިދާރާތަކުގައި ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީ (މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ) ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި  މި މިނިސްޓްރީގެ (www.finance.gov.mv) ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  13 އޭޕްރީލް 2017 (ބުރާސްފަތި) ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، ([email protected]) އެވެ. ފެކްސް ނަންބަރަކީ ، 3338034 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް އޮންނާނީ، 16 އޭޕްރީލް 2017 އާއި 27 އޭޕްރީލް 2017 އާ ދެމެދު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މި މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމުލަ އިންސައްތަ، %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅުގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3349169/3349335 ނަންބަރ ފޯނާއެވެ. ފެކްސް ނަންބަރަކީ، 3338034 އެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

     

 

07 ރަޖަބު 1438

4 އޭޕްރީލް 2017 

 

                                                    

  

                                                                                        

05 އެޕްރީލް 2017
ހޯދާ