ދިވެހިރާއްޖެ
ޕްރައިމަރީ ރިލީފް ޓީޗަރުން ބޭނުންވެއްޖެ.
މަޤާމު: ރިލީފް ޓީޗަރ ( ޕްރައިމަރީ )
މަސައްކަތް ހަމަޖެހިފައިވާ ތަން: ގުރައިދޫ ސްކޫލް / ކ.ގުރައިދޫ
ބޭނުންވާ ޢަދަދު: 3
ޝަރުތު :
ޝަރުތު |
މުސާރަ (މަހަކު ) |
ސާރވިސް އެލަވަންސް ( މަހަކު ) |
ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވުން |
-/4500 |
-/1500 |
މަތީ ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން |
-/5500 |
-/1500 |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން |
-/6090 |
-/2500 |
މީގެ އިތުރުން ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ސުންގަޑި:10 އޭޕްރީލް 2017 ވާ ހޯމަ ދުވަހުގެ 12:00 ކުރިން
ވީމާ، މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި، ސްކޫލް ނިންމިކަމުގެ ލިޔުމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީއާއި (މުއްދަތު ހަމަނުވާ)، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި، މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމުގެ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ކައިރިކިއުލަމް ވިޓާ (ސީވީ) އާއެކު ސުންގަޑީގެ ކުރިން މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. މި މަޤާމަށް އެދިލައްވާ ފަރާތްތަކަށް ކުރެވޭ އިންޓަވިއު އޮންނަ ތަނާއި ތާރީޚާއި ގަޑި އިޢުލާނުގެ މުއްދަތުގެ ހަމަވާތާ 5 ދުވަހުގެ ތެރޭގައި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އެންގޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ފޯން: 6640574
އީމެއިލް: [email protected]
މިހެންވެ މިކަން އަންގައި އިޢުލާން ކުރީމެވެ.
ސްކޫލް އޮފީސް