ކ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
މަދަރުސާގެ ހޯލު އިމާރާތުގެ ފުރާޅު ޓިނު ބަދަލުކުރުން

c

ކ.އަތޮޅު މަދަރުސާ

ކ.ކާށިދޫ،ދިވެހިރާއްޖެ

GS36/2017/12: ނަންބަރ

  ތާރީޚް:03 އޭޕްރީލް 2017

އިޢުލާން

 

ބީލަން ހުށައެޅުމުގެ ދަޢުވަތު

 

އަމިއްލަތަކެތީގައި މިމަދަރުސާގެ ހޯލުއިމާރާތުގެ ފުރާޅުޓިނު ބަދަލުކުރުމުގެ މަސައްކަތަށް ބީލަންހުށައެޅުމަށް ކުރެވުނުު GS36/2017/05 ނަމްބަރު އިއުލާނާއި ގުޅިގެން އެކަށީގެންވާވަރަށް ބީލަންހުށައަޅާފައިނުވާތީ އެ އިއުލާނު ބާތިލްކޮށް އަލުން ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމަވެ.

ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޤާނޫނު ނަމްބަރު 2014/18، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު 2014/19، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ، އަމިއްލަތަކެތީގައި މިމަދަރުސާގެ ހޯލުއިމާރާތުގެ ފުރާޅުޓިނު ބަދަލުކުރުމުގެ މަސައްކަތަށް ބީލަންހުށައެޅުއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލްގައި ހިމެނޭގޮތަށް މައުލޫމާތު ސާފުކުރައްވާ، ބީލަން ހުށައެޅުއްވުން އެދެމެވެ.

ތަފްސީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މައުލޫމާތު ދިނުމުގެ ސެޝަން

ކ.އަތޮޅުމަދަރުސާ

09 އޭޕްރީލް 2017

އާދީއްތަ

14:00

ބީލަން ހުށައެޅުން

ކ.އަތޮޅުމަދަރުސާ

16 އޭޕްރިލް 2017

އާދީއްތަ

13:30

 

މަޢުލޫމާތުދިނުމުގެ ސެޝަންއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ކުންފުޏެއްގެ ފަރާތުން މައުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ބޭފުޅުން ކުންފުނީގެ ލިޔުމެއް ގެންނަވަންޖެހޭނެއެވެ. އަދި އަމިއްލަފަރުދުންގެ ވިޔަފާރީގެ ވެރިފަރާތްނޫން އެހެންފަރާތެއް މައުލޫމާތު ސާފުކުރުން ވަޑައިގަންނަވާނަމަވެސް ވެރިފަރާތުގެ ލިޔުމެއްގެންނަވަން ޖެހޭނެއެވެ.

 

03 އޭޕްރީލް 2017

 

 

 

 

 

 

 

 

 

 

 

04 އޭޕްރިލް 2017
ހޯދާ