ދިވެހިރާއްޖެ
|
|
||
އެއްގަމު އުޅަނދު ދުއްވުމުގެ "ސީ ޒޯން ލައިސަންސް" ދޫކުރުމުގެ އުޞޫލް
ރ. ކިނޮޅަސް، 16 މާރިޗް 2017 ބުރާސްފަތި
1. ތައާރަފް |
މިއީ މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަސް ކައުންސިލް އިދާރާއާއި ޓްރާންސްޕޯރޓް އޮތޯރިޓީއާއި ގުޅިގެން ރ. ކިނޮޅަހުގައި ސީ ޒޯން ގެ ލައިސަންސް ދިނުމަށް ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޓްރާންސްޕޯރޓް އޮތޯރިޓީގެ ޤަވާއިދުތަކާއި ރ. ކިނޮޅަސް ކައުންސިލުން ކަނޑައަޅާފައިވާ ސިޔާސަތު، ހިންގައި ތަންފީޡުކުރުމުގެ އަސާސްތަކާއި މިންގަނޑުތަކާއި ހަމަތައްބަޔާންކުރާ އުޞޫލެވެ. |
|
2. ނަން |
މި އުޞޫލަށް ކިޔާނީ "އެއްގަމު އުޅަނދު ދުއްވުމުގެ ސީ ޒޯން ލައިސަންސް ދޫކުރުމުގެ އުޞޫލް" |
|
3. އުޞޫލު ހިންގާފަރާތް |
މި އުޞޫލު ހިންގާނީ މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާއިންނެވެ. |
|
4. ޚިދުމަތުގެ ދާއިރާ |
މިއީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ރ. އަތޮޅުގެ އިޙްޠިޞާސްގައި ހިމެނޭ 18 އަހަރުން މަތީގެ އެންމެހާފަރާތްތަކަށް ލުއިފަސޭހަކަމާއިއެކު ފޯރުކޮށްދިނުމަށް ދެވޭ ޚިދުމަތެކެވެ. |
|
5. ރަށުންބޭރު ފަރާތްތަކަށް ލައިސަންސް ދޫކުރުން
|
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އަލަށް ހެއްދުމަށް ހުށަހަޅާ ފަރާތަކީ އެކައުންސިލެއްގެ އިޙްތިޞާޞުގައި ހިމެނޭ ތަނެއްގައި ދިރިއުޅޭ މީހެއްކަން އެނގޭނެފަދަ ލިޔުމެއް އެރަށެއްގެ ރަށު ކައުންސިލުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ. |
|
6. ލައިސަންސް ހޯދުމަށް އެދި ހުށަހެޅުން |
(ހ) |
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދުމަށް އެދި ހުށަހެޅޭނީ މީލާދީ ގޮތުން 18 އަހަރު ފުރިފައިވާ މީހުންނަށެވެ. |
(ށ) |
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދުމަށް އެދޭނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ފޯމް ނަންބަރު: LL-1 އިންނެވެ. ލައިސަންސް ފޯމުގައިވާ މައުލޫމާތު ފުރިހަމަވާނަމަ އިމްތިހާނު ހެދުމަށް ހާޒިރުވާންވީ ދުވަހާއި ގަޑި ފޯމް ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ. |
|
(ނ) |
އިމްތިހާނު ހެދުމަށް ހާޒިރުވާންވީ ދުވަހު އިމްތިހާނު ހެދުމަށް އެމީހަކަށް ހާޒިރުނުވެވިއްޖެނަމަ އެހުށަހެޅި ފޯމް ބާޠިލްވާނެއެވެ. އަދި އަލުން އިމްތިހާނުގައި ބައިވެރިވެވޭނީ ލައިސަންސަށް އެދޭ ފޯމާއިއެކު އިމްތިހާނުގެ ފީ ދައްކައިގެންނެވެ. |
|
(ރ) |
ޤަވާޢިދު އިމްތިހާނުން ފާސްވެފައިވާ ފަރާތްތަކުން ދުއްވުމުގެ އިމްތިހާނުގައި ބައިވެރިވުމަށް އެދޭއިރު ޤަވާޢިދު އިމްތިހާނުން ފާސްވިކަމަށް ދޫކުރެވިފައިވާ ލިޔުން ހުށައަޅަންވާނެއެވެ. |
|
(ބ) |
ޤަވާޢިދު އިމްތިހާނުން ފާސްވުމުން ދުއްވުމުގެ އިމްތިހާނަށް ހާޒިރުވާންޖެހޭ ތާރީޚާއި ވަގުތު އެންގުމުން އެއަންގާ ވަގުތައް ހާޒިރުނުވާނަމަ ދެން އިމްތިހާން ހެދޭނީ ދުއްވުމުގެ އިމްތިހާނަށް އެދި ކައުންސިލްގެ އިދާރާއަށް ހުށައެޅުމުން އިދާރާއިން ހަމަޖައްސާ ތާރީޚަކާއި ވަގުތެއްގައެވެ. |
|
(ޅ) |
އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ދޭއިރު އެމީހަކީ ދުއްވުމުގެ ލައިސަންސް ދޫކުރުމަށް ހުރަސްއެޅޭފަދަ ޞިއްޙީހާލަތެއް މެދުވެރިވެފައިވާ މީހެއްނަމަ ނުވަތަ އެކަން ފާހަގަކުރެވިއްޖެނަމަ ލައިސަންސް ދޫކުރެވޭނީ އެމީހަކީ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ދެވޭފަދަ ފަރާތެއްކަމަށް ދިވެހިރާއްޖޭގައި ޞިއްޙީ ދާއިރާގައި ޚިދުމަތް ދިނުމަށް ރަޖިސްޓްރީ ކުރެވިފައިވާ ޑޮކްޓަރެއްގެ ސެޓްފިކެޓް ހުށަހެޅުމުންނެވެ. |
|
(ކ) |
ލައިސަންސް ނުވަތަ އޮޕަރޭޓް ކުރުމުގެ ހުއްދަ ނެތި އެއްގަމު އުޅަނދެއް ދުއްވައިގެން ދައްކަންޖެހޭ އެއްވެސް ޖޫރިމަނާއެއް އޮތްނަމަ، ލައިސަންސް ނުވަތަ އޮޕަރޭޓް ކުރުމުގެ ހުއްދަ ހޯދުމުގެ އިމްތިހާނުގައި ބައިވެރިވެވޭނީ އެޖޫރިމަނާ ދެއްކުމަށްފަހުގައެވެ. |
|
7. އިމްތިހާން ކުރިއަށް ދާނެގޮތް |
(ހ) |
ޤަވާއިދު އިމްތިހާނު ހެދުމަށް ހަމަޖެހިފައިވަނީ ސުވާލުކަރުދާހުންނެވެ. |
(ށ) |
ޤަވާއިދު އިމްތިހާނުގައި އޭ ބީ ކެޓަގަރީން 20 ސުވާލެވެ. އޭގެތެރެއިން ފުރަތަމަ 5 ސުވާލަކީ މަޖުބޫރު 5 ސުވާލެވެ. |
|
(ނ) |
ޤަވާއިދު އިމްތިހާނުގައި ސީ އީ ކެޓަގަރީން 17 ސުވާލެވެ. އޭގެތެރެއިން ފުރަތަމަ 5 ސުވާލަކީ މަޖުބޫރު 5 ސުވާލެވެ. |
|
(ރ) |
ސުވާލު ކަރުދާހުގެ ވަގުތަކީ 30 މިނެޓެވެ. |
|
(ބ) |
ޤަވާއިދު އިމްތިހާނުން ފާސްވާނީ، މަޖުބޫރު 5 ސުވާލު (ފުރަތަމަ 5 ސުވާލު) ރަނގަޅުވުމާއެކު ޖުމްލަ މާރކްސް %75 އަށްވުރެ ދަށްނުވާނަމައެވެ. |
|
(ޅ) |
އިމްތިހާނު ފެއްޓުމުގެ ކުރިން ސުވާލްކަރުދާހުގައިވާ ނަމާއި އެޑްރެސް އަދި އައި.ޑީ ކާޑު ނަންބަރު ރަނގަޅުތޯ ބަލަންވާނެއެވެ. އެމައުލޫމާތު ރަނގަޅު ނޫންނަމަ އިމްތިހާނު ފެއްޓުމުގެ ކުރިން އެކަން ރަނގަޅު ކުރަން އެދޭނީއެވެ. |
|
(ކ) |
އިމްތިހާނުގައި އިށީއިނުމަށްފަހު، ވާހަކަ ދެއްކެވުމާއި މޯބައިލް ފޯނު ނުވަތަ އެނޫންވެސް އެފަދަ ވަޞީލަތެއް ބޭނުން ކުރުމަކީ މަނާކަމެކެވެ. |
|
(އ) |
ޤަވާއިދު އިމްތިހާން ހެދުމަށްޓަކައި އިމްތިހާން މޭޒުގައި އިށިއިނުމަށްފަހު ބެލް އެޅުމުން އެހިސާބުން ވަގުތު ފެށުނީއެވެ. |
|
(ވ) |
ކޮންމެ ސުވާލަކާއެކު އިހްތިޔާރީ 3 ޖަވާބު އޮންނާއެވެ. |
|
(މ) |
ސުވާލާއި ޖަވާބު ރަނގަޅަށް ވިދާޅުވުމަށްފަހު ރަނގަޅު ޖަވާބުގައިވާ ގޮޅީގައި ރަނގަޅު ފާހަގަލާށެވެ. |
|
(ފ) |
ވަގުތު ހަމަވަންދެން މަޑުކުރެވިދާނެއެވެ. ނުވަތަ ވަގުތު އޮތްނަމަ ސުވާލުތަކަށް ދެވިފައި ހުރި ޖަވާބު ޗެކުކޮށް ޖަވާބުތައް ރަނގަޅު ކުރެވިދާނެއެވެ. |
|
(ދ) |
ސުވާލުތަކަށް ޖަވާބު ދީ ނުނިމުނު ކަމުގައި ވިޔަސް ވަގުތު ހަމަވުމުން އިމްތިހާނު ބަންދުވާނެއެވެ. ދެން ސުވާލުތައް ބަލަން ބޭނުންވިކަމުގައިވިޔަސް ސުވާލުކަރުދާހެއް ނުލިބޭނެއެވެ. އެދި އެ ސުވާލު ކަރުދާހުގެ ސުވާލަކަށް ޖަވާބެއްވެސް ނުދެވޭނެއެވެ.
|
|
8. އިމްތިހާން ހެދުން |
(ހ) |
ޤާނޫނާއި ޤަވާއިދު އަދި ދުއްވަން އެނގޭތޯ ބެލުމަށް ބާއްވާ އިމްތިހާން ހާޟިރުވާއިރު އެމީހެއްގެ އައިޑީ ކާޑާއި އަދި އިމްތިހާނުގައި ބައިވެރިވުމަށް ހާޒިރުވާންޖެހޭކަމަށް ދޫކޮއްފައިވާ ލިޔުން ކިނޮޅަހު ކައުންސިލްގެ އިދާރާއަށް ނުވަތަ އެއިދާރާއިން ކަނޑައަޅުއްވާފައިވާ ފަރާތަކަށް ހުށައަޅަންވާނެއެވެ. |
(ށ) |
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރެވޭނީ ޤާނޫނާއި ޤަވާޢިދު އިމްތިހާނު އަދި މަގުމަތީ އަދަބުތައް އެނގޭތޯ ބެލުމަށް ބާއްވާ އިމްތިހާނުން ފާސްވާމީހުންނަށެވެ. ގަވާއިދު އިމްތިހާނުން ފާސްވިކަމުގައި ބަލާނީ ގަވާއިދު އިމްތިހާނުގައި ހިމެނޭ މަޖުބޫރު ސުވާލުތަކުގެ އެއްވެސް ޖަވާބެއް ނުބައިނުވެ މުޅި އިމްތިހާނުން %75 މާރކްސް ލިބުމުންނެވެ. ގަވާއިދު އިމްތިހާނުން ފާސްވެފައިވާ މީހުން ދެވަނަ ފަހަރަށް ގަވާއިދުގެ އިމްތިހާނުގައި ބައިވެރިވާކަށް ނުޖެހޭނެއެވެ. |
|
(ނ) |
އަލަށް ލައިސަންސަށް އެދޭ މީހުން ދުއްވުމުގެ އިމްތިހާނަށް އެދޭއިރު ގަވާއިދު އިމްތިހާނުން ފާސްވެފައިވާކަމުގެ ނަތިޖާ ސްލިޕް ހުށައަޅަންވާނެއެވެ. |
|
(ރ) |
ކެޓަގަރީ އިތުރުކުރަން ހުށައަޅާނަމަ އެ ޚިދުމަތަށް އެދޭނީ LL1 ލައިސަންސަށް އެދޭ ފޯމް އިންނެވެ. |
|
(ބ) |
ދުއްވުމުގެ އިމްތިހާނަށް ޙާޟިރުވާއިރު، ދުއްވާނެ އުޅަނދެއް ގެނައުމަކީ އިމްތިހާން ހަދާ ފަރާތުގެ ޒިންމާއެކެވެ. އިމްތިހާނުގައި ދުއްވޭނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދަށް ފެތިފައިވާ އުޅަނދުތަކުގައި އެކަންޏެވެ. |
|
(ޅ) |
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ދުއްވުމުގެ އިމްތިހާނު އޮންނާނީ މިއިދާރާއިން އަންގާ ދުވަހެއްގައި ހަމަޖައްސާ ތަނެއްގައެވެ. |
|
9. އިމްތިހާން އަލުން ހެދުން |
(ހ) |
ޤަވާއިދު އިމްތިހާނުން ފެއިލްވެއްޖެނަމަ، އަލުން އިމްތިހާންގައި އިށީދެވޭނީ މިއުޞޫލުގެ 8 ވަނަ މާއްދާގެ (ށ) ގައިވާގޮތަށެވެ. |
10. ދުއްވުމުގެ އިމްތިހާނުގައި ދުއްވަނިކޮށް އެކްސިޑެންޓްވުން |
ދުއްވުމުގެ އިމްތިހާން ހިނގަމުންދާއިރު ދިމާވާ އެކްސިޑެންޓްތަކުގައި އިމްތިހާން ހަދާފަރާތް އިޙްމާލުވާނަމަ، އޭގެ ޒިންމާ އުފުލާނީ އިމްތިހާން ހަދާފަރާތެވެ. |
|
11. ދުއްވުމުގެ އިމްތިޙާނުން ފާސްވުން |
(ހ) |
ދުއްވުމުގެ އިމްތިޙާނުން ފާސްވުމުން ދޫކުރާ ނަތީޖާ ސްލިޕް ބޭނުންކޮށްގެން އެއްގަމު އެޅަނދު ދުއްވުމަކީ މަނާކަމެވެ. |
(ށ) |
އިމްތިޙާނުން ފާސްވުމުން ޕާސްޕޯޓްގައި ޖެހުމަށް ގަބޫލުކުރާ މިންގަނޑުތަކަށް ފެތޭ 2 (ދޭއް) ފޮޓޯއާއި -/50ރ (ފަންސާސް ރުފިޔާ)ގެ ރެވެނިއު ސްޓޭމްޕްއެއް ހުށަހަޅަންވާނެއެވެ. |
|
(ނ) |
ލައިސަންސް ހެއްދުމަށްފަހު ބަންދު ދުވަސްތައް ހިމަނައިގެން 60 ދުވަހުގެ ތެރޭގައި ލައިސަންސާއި ހަވާލުވާންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ހަވާލުނުވާ ފަރާތްތަކުގެ ލައިސަންސް ނައްތާލެވޭނެއެވެ. އަދި އެފަދަ ފަރާތްތަކަށް އަލުން އެ ލައިސަންސް ހައްދައިދެވޭނީ 4 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީންނެވެ. މިފަދަ ފަރާތްތައް އިތުރު އިމްތިހާނެއް ހަދާކަށް ނުޖެހޭނެއެވެ. |
|
12. ލައިސަންސްގެ މުއްދަތު |
(ހ) |
ވަގުތީ ލައިސަންސްގެ މުއްދަތަކީ އެ ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން 1 އަހަރު ދުވަހެވެ. |
(ށ) |
ދާއިމީ ލައިސަންސްގެ މުއްދަތަކީ އެ ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން 10 އަހަރު ދުވަހެވެ. |
|
13. ފީ ނެގުން |
(ހ) |
ޤަވާއިދު އިމްތިހާނުގައި ބައިވެރިވާ ކޮންމެ ފަހަރަކު -/150ރ (ސަތޭކަ ފަންސާސް ރުފިޔާ) ދައްކަންޖެހޭނެއެވެ. އެއީ ޓްރާންސްޕޯޓް އޮތޯރިޓީއަށް ދައްކަންޖެހޭ -/100ރ (ސަތޭކެ ރުފިޔާ) އާއި އިދާރީ މަސައްކަތަށް މިއިދާރާއަށް ނެގޭ -/50ރ (ފަންސާސް ރުފިޔާ) އެވެ. |
(ށ) |
ޤަވާއިދު އިމްތިހާނު އޮންނަ ދުވަހުގެ 12:00ގެ ކުރިން މިއިދާރާއަށް ވަޑައިގެން ޤަވާއިދު އިމްތިހާނަށް ދައްކަން ޖެހޭ ފައިސާ ދައްކަންވާނެއެވެ. |
|
(ނ) |
ދުއްވުމުގެ އިމްތިހާނުގައި ބައިވެރިވާ ކޮންމެ ފަހަރަކު -/150ރ (ސަތޭކަ ފަންސާސް ރުފިޔާ) ދައްކަންޖެހޭނެއެވެ. އެއީ ޓްރާންސްޕޯޓް އޮތޯރިޓީއަށް ދައްކަންޖެހޭ -/100ރ (ސަތޭކަ ރުފިޔާ) އާއި އިދާރީ މަސައްކަތާއި އެގްޒާމިނަރަށް ދޭންޖެހޭ ފައިސާ ދިނުމަށް ނެގޭ -/50ރ (ފަންސާސް ރުފިޔާ) އެވެ. |
|
(ރ) |
މިމާއްދާގެ (ހ)، (ނ) ގައި ބަޔާންކޮށްފައިވާ ފައިސާގެ އިތުރުން ތިރީގައިވާ ގޮތުގެމަތިން ލައިސަންސް ފޮތަށް ފައިސާ ނެގޭނެއެވެ.
|
|
14. އެއްގަމު ލައިސަންސްގެ ޚިދުމަތަށް އަލަށް އެދޭއިރު ހުށަހަޅަންޖެހޭ ތަކެތި
|
|
|
15. އެއްގަމު ލައިސަންސް އައުކުރުމަށް ހުށައަޅަންޖެހޭ ތަކެތި
|
|
|
16. އެއްގަމު އުޅަނދު ފަހަރުގެ ކެޓަގަރީ އިތުރުކުރުމަށް ހުށައަޅަންޖެހޭ ތަކެތި
|
|
މި އުޞޫލު ފާސްކުރެވިފައިވަނީ، މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ ދެވަނަ ދައުރުގެ 16 މާރިޗް 2017 ވީ ބުރާސްފަތި ދުވަހު ބޭއްވި ކައުންސިލްގެ 63 ވަނަ އާއްމު ބައްދަލުވުމުންނެވެ.