ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
2017 ގެ މެއި/ޖޫން އެގްޒާމްގެ އިންވިޖިލޭޓަރުން ހޯދުމާއިބެހޭ

          ނަންބަރު: (IUL)CHSE-SMT/1/2017/19 

 

އިންވިޖިލޭޓަރުން ހޯދުމާއިބެހޭ

 

2017 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިޙާނަށް އިންވިޖިލޭޓަރުން ހޯދުން

 

މިސެންޓަރުގެ2017  ވަނައަހަރުގެ މެއި/ޖޫން އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިހާނުގެ އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކުރާނެ މީހުން ހޯދަން ބޭނުންވެއެވެ. އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އުޖޫރަ އެއްގޮތުގައި ދިނުމަށް ހަމަޖެހިފައިިވަނީ އިންވިޖިލޭޓްކަން ކުރައްވާ ކޮންމެ ސެޝަންއަކަށް 150 ރުފިޔާއެވެ. އަދި އިންވިޖިލޭޓަރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންވިޖިލޭޓަރުން ހޮވުމުގައި އޯލެވެލް ހަދާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

 

އިންވިޖިލޭޓަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތައް:

 

  1. ދިވެހި ރައްޔިތަކަށްވުން.
  2. ޢުމުރުން 18އަހަރު ފުރިފައިވާ މީހަކަށްވުން.
  3. އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު ރަނގަޅަށް އެނގިފައިވާ މީހަކަށްވުން.
  4. އިންވިޖިލޭޓަރުންގެ އިޤުރާރުގައި ސޮއިކޮަށްފައިވާ މީހަކު ކަމުގައިވުން.
  5. އެމީހަކު އިންވިޖިލޭޓަރުކަންކުރާ އިމްތިޙާނަށް ދަރިވަރުން ތައްޔާރުކޮށްދޭ، ނުވަތަ އެއިމްތިޙާންގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ކިޔަވައިދޭ މީހަކަށް ނުވުން.
  6. އެމީހަކު އިންވިޖިލޭޓަރުކަންކުރާ އަހަރު އިމްތިޙާންގެ ކެނޑިޑޭޓެއް ކަމުގައި ނުވުން.
  7. އެމީހަކު އިންވިޖިލޭޓަރުކަންކުރާ އަހަރު އިމްތިޙާންގެ ކެނޑިޑޭޓަކަށް ތިރީގައި ބަޔާންކުރާ މީހަކު ނުވުން.

މަންމަ، ބައްޕަ، މާމަ/ކާފަ ދަރިއެއް، އަނބިމީހާ/ފިރިމީހާ، ދަރިއެއް، ދެބޭންގެ ދެދަރި ކުއްޖެއް، އެއްބަނޑު/އެއްބަފާ މީހެއް،

އެއްބަނޑު/އެއްބަފާ މީހެއްގެ ދަރިއެއް، ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް، އެއްގެއެއްގައި އުޅޭ ކުއްޖެއް

 

މިކަމަށްއެދޭ ފޯރމު 2017 އޭޕްރީލް 04 ން 2017 އޭޕްރިލް 10 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރު 13:00 އަށް މިސެންޓަރުގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

އަދި މިމުއްދަތުގައި މިކަމަށްއެދޭ އެޕްލިކޭޝަން ފޯރމްއާއި އިޤުރާރު ފޯރމް މިސެންޓަރުގެ ވެބްސައިޓް (www.chse.edu.mv)  އިން ޑައުންލޯޑް ކުރެވޭނެއެވެ.

ވީމާ، މަތީގައިވާ ޝަރުތުތައް ފުރިހަމަ ވާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު  10 އޭޕްރިލް 2017 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިސެންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

 

06  ރަޖަބް  1438

03  އޭޕްރީލް 2017

 

03 އޭޕްރިލް 2017
ހޯދާ