މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ބެކަޕް ޕަވަރ ފެސިލިޓީއެއް ޤާއިމުކުރުމަށްބޭނުންވާ ކޮންސަލްޓަންސީގެ ޚިދުމަތް ދޭނެފަރާތެއް ހޯދުމަށް

އިޢުލާން                                    

ނަންބަރު: MMS-A/2017/16

މިއޮފީހުގައި ބެކަޕް ޕަވަރ ފެސިލިޓީއެއް ޤާއިމުކުރުމަށްބޭނުންވާ ކޮންސަލްޓަންސީގެ ޚިދުމަތް ދޭނެފަރާތެއް ހޯދުމަށް

މިއޮފީހުގައި ބެކަޕް ޕަވަރ ފެސިލިޓީއެއް ޤާއިމު ކުރުމަށް ބޭނުންވާ ކޮންސަލްޓަންސީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް 2017 މާރިޗު 23 ވަނަ ދުވަހު ކުރެވުނު ނަންބަރު (MMS-A/2017/14) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ އެއިޢުލާނު ބާތިލުކޮށް އަލުން އިޢުލާނު ކުރަމެވެ.  

 

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 10 އެޕްރީލު 2017 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު، ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 10 އެޕްރީލު 2017 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މިމަސައްކަތަށް އަންދާސީހިސާބު  ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މިޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައެވެ.

މިމަސައްކަތާއިގުޅޭ "ޓާރމްސް އޮފް ރެފެރެންސް" ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

 http://www.meteorology.gov.mv/uploads/ToR_Consultancy_Service_to_Establish_Backup_Power_Facility.PDF

 

އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކޮށްލައްވައިގެން ނުވަތަ 3323084 އަށް ގުޅުއްވައިގެން ހޯއްދެވުން އެދެމެވެ. މައުލޫމާތު ހޯއްދެވުމަށް މިއޮފީހަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކަށް، 2017 އެޕްރީލު 09 ވަނަ ދުވަހާއި ހަމައަށް އެފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ހޯދުމަށް ވަޑައިގަންނަވަންވީ ދުވަހާއި ގަޑި، މިއޮފީހަށް ގުޅުއްވައިގެން ހަމަޖެއްސެވުން އެދެމެވެ.

 

 

06 ރަޖަބު  1438

03 އެޕްރީލު 2017     

 

03 އޭޕްރިލް 2017
ހޯދާ