ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭސް ވިއްކުމަށްޓަކައި ބިމެއް ކުއްޔަށް ދިނުމާބެހޭ

ދ.ހުޅުދެލިން ގޭސްވިއްކުމަށްޓަަކައި ބިމެއް ކުއްޔަށް ދިނުމާއި ބެހޭ 

ގޭސް ވިއްކުމަށް ހަމަޖެހިފައިވާ ބިން

ގޭސްވިއްކުމަށް ހަމަޖެހިފައިވާ ތަނާއި ބޭނުން :

ހުޅުދެލީ ލޭންޑްޔޫސް ޕްލޭންގެ 11.3 އިން ފާހަގަކުރެވިފައިވާ ގޭސްވިއްކުމަށް ޚާއްޞަކުރެވިފައިވާ ބިން.

ބިމުގެ އަދަދު:

01

ބިން ދިނުމަށް ހަމަޖެހިފައިވާ މުއްދަތު:

10 އަހަރު

ޕްރީބިޑް މީޓިންގ ބާއްވާ ތާރީޚާއި ގަޑި އާއި ތަން:

12 އޭޕްރީލް 2017، ބުދަ ދުވަހުގެ 13:00 ގައި ހުޅުދެލީ ކައުންސިލްގެ އިދާރާގައި.

ބިޑް ހުށަހަޅަންވީ ތާރީޚާއި ގަޑި އަދި ތަން:

24 އޭޕްރީލް 2017، ހޯމަ ދުވަހުގެ 13:00 ގައި ހުޅުދެލީ ކައުންސިލްގެ އިދާރާގައި.

 

ބިޑާއެކު ހުށަހަޅަންޖެހޭ ތަކެތި:

 

 

 

 

 

1-     ބިޑް ފޯމު ފުރިހަމަ ކޮށް ހުށަހަޅާއިރު ޕްރޮޕޯސަލްއާއި ވޭތުވެދިޔަ 06 މަސްދުވަހުގެ ބޭންކްސްޓޭޓްމަންޓެއް ހުށަހަޅަންވާނެއެވެ.

2-     ބިޑް ހުށަހަޅާއިރު ބިޑް ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެތަނުގެ ރަޖިސްޓްރީގެ ކޮޕީ.

3-     ބިޑް ހުށަހަޅާއިރު ބިޑް ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެންމެ ފަހުން އަހަރީ ފީ ދެއްކި ރަސީދުގެ ކޮޕީ.

4-     ވަކި ފަރުދެއްނަމަ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5-     އެއްވެސް ކަހަލަ ވިޔަފާރިއެއް ކުރާނަމަ، އެކަން އެނގޭނެ ލިޔުން.

6-     ބިޑް ހުށަހަޅަނީ ކުންފުންޏަކުންނަމަ، ބިޑްފޯމުގައި ސޮއިކޮށް ކުންފުނީގެ ރަސްމީ ތައްގަނޑު ޖަހާފައި ފޯމް ހުށަހެޅުން.

 

 

 

އިތުރު މަޢުލޫމާތު:

  1. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހަޅަން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ފިންގަރޕްރިންޓް ޖެހި ލިޔުމެއް ހުށަހަޅަންވާނެއެވެ.
  2. 2.      މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ.  އަދި ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
  3. 3.     އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ކޮންކަމަކާ ގުޅޭ އަންދާސީ ހިސާބެއްކަން އެންގެން އޮންނަންވާނެއެވެ.

 

03 އޭޕްރިލް 2017
ހޯދާ