ކ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
މަސައްކަތު (ވަގުތީ)

c

 
   

 


ކ.އަތޮޅު މަދަރުސާ

  ކ.ކާށިދޫ  ދިވެހިރާއްޖެ

 

GS36/2017/10: ނަންބަރ

  ތާރީޚް:3 އޭޕްރިލް 2017

ވަޒީފާގެ ފުރުޞަތު

 

މަޤާމު:          މަސައްކަތު   (ވަގުތީ)

މަސައްކަތް ހަމަޖެހިފައިވާ ތަން:  ކ.އަތޮޅު މަދަރުސާ

ބޭނުންވާ ޢަދަދު:       01

މަގާމުގެ މުއްދަތު:       3 މަސްދުވަސް           

މުސާރަ:           -/3100 ރުފިޔާ

ސަރވިސް އެލަވަންސް:      -/1000 ރުފިޔާ

ރަށް:            ކ.ކާށިދޫ   

ކްލަސިފިކޭޝަން އަދި ރޭންކް:   ސަޕޯރޓް ސްޓާފް ގްރޭޑް 1 / އެސް.އެސް. 3

 

ފެންވަރު ނުވަތަ ޝަރުތު :

 މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު ތިރީގައިމިވާ ޝަރުތުތައް ފުރިހަމަވުން؛

    1. ލިޔަންކިޔަން ދަތުމާއި އެކު މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު / ގާބިލްކަން ލިބިފައިވުން.

 

އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

  • ކްލާސްރޫމްތަކުގެ ފަންކާތަކާއި، ފެންލައިޓާއި، ހޮޅިބުރިތައް ފޮހެ ސާފުކޮށް ބެލެހެއްޓުން.
  • ސްކޫލުގެ ގޯތިތެރެއިން ކުނިކެހުމަށް ހަވާލުކުރެވޭ ސަރަހައްދު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
  • ކިޔެވުން އޮންނަ ކޮންމެ ދުވަހެއްގެ ކިޔެވުން ނިމުމުން، ކްލާސްރޫމްތައް ކުނިކަހައި، ޑެސްކްތަކާއި ގޮނޑިތައް ފޮހެ ސާފުކޮށް ބެލެހެއްޓުން.
  • ކްލާސްތަކަށް ގެންދަންޖެހޭ ތަކެއްޗާއި ދަރިވަރުންނަށް ބަހަންޖެހޭ ސްލިޕްތައް ފަރުވާތެރިކަމާއެކު ރައްދުކޮށްދިނުން.
  • ކިޔެވުން އޮންނަ ކޮންމެ ދުވަހެއްގެ ކިޔެވުން ނިމުމުން، ސްކޫލުގެ ފާޚާނާތައް ދޮވެ، ސާފުކޮށް ބެލެހެއްޓުން.
  • އިމްތިޙާނުތަކަށް ހޯލު ތައްޔާރުކުރުން.
  • ސްކޫލްގެ އެކިއެކި ރަސްމިޔާތުތަކަށް ސްކޫލް ތައްޔާރުކުރުމުގައި އެހީތެރިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  •   ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި ސިފަތައް.
  •  

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، 2017 އޭޕްރިލް 11 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މިމަދަރުސާގެ އޮފީހަށް ހުށަހެޅުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި :

- ފުރިހަމަކޮށްފައިވާ ސިވިލްސާވިސްގެ ވަޒީފާއަށް އެދޭ ފޯރމް ( ފޯމްމަދަރުސާގެއިދާރާއިންލިބެންހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

އިންޓަރވިއު ކުރުން:

  •  މި މަޤާމަށް މީހުން ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިޔު ކުރުމަށް ފަހުގައެވެ. އިންޓަވިޔު އޮންނާނީ، 2017 އޭޕްރިލް 12 އިން 16 އާއި ދެމެދު ކ.އަތޮޅުމަދަރުސާގައެވެ.
  • މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

 

ނޯޓް:

-          މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް  6640036 ނަމްބަރ ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުންއެދެމެވެ.      

      

                              3 އޭޕްރިލް 2017

03 އޭޕްރިލް 2017
ހޯދާ