ދިވެހިރާއްޖެ
ނަންބަރު: IUL)345-CAA/345/2017/19)
އިޢުލާން
- އއ.މާޅޮހު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ:
މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)345-CAA/345/2017/12) އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތައް އިވަލުއޭޓް ކުރުމުން އެންމެ މަތިން 2 ފަރާތައް އެއްވަރަށް މާކްސް ލިބިފައިވާތީ އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަން ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2017 އޭޕްރީލް 11 (އަންގާރަ) ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 16 އޭޕްރީލް 2017 (އާދިއްތަ) ދުވަހުގެ 10:00 އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި "އއ.މާޅޮހު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް އެދި" މިހެން ލިޔެފައެވެ.
މިކަމަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.