ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތު
މާލެ, ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި މިނިސްޓްރީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލްމީހެކެވެ. މިވަޒީފާއަކީ ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރަންޖެހޭ ވަޒީފާއެކެވެ.
މަޤާމު |
ރެޖިސްޓްރާރ |
|
ކޮންޓްރެކްޓް މުއްދަތު |
5 އަހަރު |
|
ސެކްޝަން/ޔުނިޓް |
މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފުރީ ކައުންސިލް |
|
ބޭނުންވާ އަދަދު |
01 |
|
މުސާރަ |
މަހަކު -/23,500 ރުފިޔާ |
|
މަސައްކަތް ކުރަންޖެހޭތަން |
މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފުރީ ކައުންސިލް، މިނިސްޓްރީ އޮފް ހެލްތު |
|
ތަޢުލީމާއި ތަޖުރިބާ |
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ އިންސްޓިޓިއުޝަނަކުން ނަރުސްކަމުގެ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ޙާޞިލުކޮށްފައިވުމާއެކު، މަދުވެގެން 10 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން. |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
|
|
ރަޖިސްޓްރާރުގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް |
|
|
ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް |
1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. 2މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން. 3ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން. |
|
ހުށަހަޅަންޖެހޭ ލިޔުންތައް |
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 3. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ 5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު |
|
ސުންގަޑި |
11 އޭޕްރީލް 2017 ވާ އަންގާރަ ވާ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރަށް ސިޓީ ހުށަހެޅުން. |
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
އިންޓަރވިއު ކުރުން އޮންނާނީ އޭޕްރީލް މަހުގެ ތެރޭގައެވެ. އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ހެލްތުގައެވެ. |
|
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014437 އެވެ. |