ދިވެހިރާއްޖެ
ށ. އަތޮޅުމަދަރުސާ
ށ. ކަނޑިތީމު / ދިވެހިރާއްޖެ
އިޢްލާން
GS34/2017/06 | |
އަންދާސީ ހިސާބު ހުށައެޅުމުގެ ދަޢުވަތު
ށ. ކަނޑިތީމު ކައުންސިލް އިދާރާއިން ފެށިގެން މިމަދަރުސާއަށް ކޭބަލެއް އެޅުމަށް ކޯރު ކޮނުމަށް ވަނީ ބޭނުން ވެފައެވެ.
ވީމާ ، މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 އެޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި މިމަދަރުސާއަށް ޙާޟިރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 10 އެޕްރީލް 2017 ވާ ހޯމަ ދުވަހުގެ 12:00އަށް އަންދާސީ ހިސާބު ހިއްޕަވައިގެން ޙާޟިރުވެދެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " ކޯރުކޮނުން " މިހެން ލިޔެފައި އޮންނަންވާނެއެވެ.
އަދި ދަންނަވެމެވެ. 06 އެޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި އޮންނަ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުވެނުލައްވާ، މަޢުލޫމާތު ކަރުދާސް ނުގެންދަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
05 ރަޖަބު 1438
02 އެޕްރީލް 2017
މުޙަންމަދު ޢިމްރާން
ޕްރިންސިޕަލް