ދިވެހިރާއްޖެ
ނަންބަރު: MREIC/IU/2017/0003
ކުއްޔަށް ދޫކުރުން
ހުޅުމާލެ ޓާރމިނަލް (ފެންނާ ގިމަތަ) ގެ 11 އަދި 12 ނަންބަރު ބްލޮކް ކުއްޔަށް ދޫކުރުން:
ހުޅުމާލެ ޓާރމިނަލް (ފެންނާ ގިމަތަ) ގެ 11 އަދި 12 ނަންބަރު ބްލޮކް (2634 އަކަފޫޓް) ދިގު މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 އޭޕްރިލް 04 ވާ އަންގާރަ ދުވަހު 14:45 އަށް، މިކުންފުނީގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2017 އޭޕްރިލް 11 ވާ އަންގާރަ ދުވަހު 14:45 ގައެވެ. އަންދާސީހިސާބު ހުށައަޅުއްވަންވާނީ، ސިޓީ އުރައެއްގައި ބަންދުކުރައްވާފައެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް އަދި އެއްފަރާތަކުން އެއް އަންދާސީހިސާބަށް ވުރެ ގިނަ އަންދާސީހިސާބު ހުށަހަޅާފައިވާނަމަ އެފަދަ އަންދާސީހިސާބުތައް ބާޠިލްކުރެވޭނެއެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ މިކުންފުނީގެ އޮފީސް، ހެންވޭރު ސޯމިލް (ބޮޑުތަކުރުފާނު މަގު ގޭޓް)، ފުރަތަމަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 3001215 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
05 ރަޖަބު 1438
02 އޭޕްރިލް 2017