ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

  ދ. އަތޮޅު ހޮސްޕިޓަލް

     ދ.ކުޑަހުވަދޫ ،

      ދިވެހިރާއްޖެ. 

 

ވަޒީފާގެ ފުރުޞަތު

ނަމްބަރު: DHAH/2017/005

ތާރީޚް: 02 އޭޕްރީލް 2017

 

މިހޮސްޕިޓަލްގެ އެޓެންޑެންޓްގެ މަޤާމަށް މީހަކު ހޯދުމަށް ކޮށްފައިވާ ނަމްބަރ: DHAH/2017/004 (21 މާރިޗު 2017) އިޢުލާންގައި ހިމަނަންޖެހޭ ބައެއް މަޢުލޫމާތު ފުރިހަމަނުވެ ހުރުމުގެ ސަބަބުން އެއިޢުލާން ބާޠިލް  ކުރުމަށްފަހު، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

 ދ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

އެޓެންޑެންޓް

ބޭނުންވާ ޢަދަދު

01

މަޤާމުގެ ނަމްބަރު:

J-266350

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

SS.2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޝަން/ ސެކްޝަން

ނާރސިންގ ޑިޕާރޓްމަންޓް

 

މަޤާމް އޮތް އޮފީސް:

ދ. އަތޮޅު ހޮސްޕިޓަލް

ވަޒީފާ އަދާކުރަންޖެހޭ ތަން

ދ. އަތޮޅު ހޮސްޕިޓަލް / ދ. ކުޑަހުވަދޫ

އިތުރު ޢިނާޔަތްތައް

1. ސިވިލް ސަރިވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

(މީގެ އިތުރުން ރިސްކް އެލަވަންސާއި އެހެނިހެން އިނާޔަތްތައް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.)

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

1. ހޮސްޕިޓަލްގެ އިމާރާތާއި، ފަރުނީޗަރ އަދި ހިފާގެންގުޅޭ ތަކެއްޗާއި އިކްއިޕްމަންޓްސް ފަރުވާތެރިކަމާއެކު ވިހާވެސް ސާފުތާހިރުކަމާއެކު ބެލެހެއްޓުން.

 

 

2. ބަލިމީހުންނަށް ޚިދުމަތްދިނުމުގައި ނަރުހުން އެދިއްޖެނަމަ އެހީތެރިވެދިނުން.

 

3. ހޮސްޕިޓަލްގައި އުފެދޭ ކުނި ރައްކާތެރިކަމާއިއެކު ނައްތާލުން (އިންސިނަރޭޓް ކުރުން).

 

4. ހަފްތާއަކު ދެދުވަހު ކުޑަދޮރުތައް ފޮޅާ ސާފުކޮށް އެހެން ދޮރުތައް ހަފްތާއަކު އެއްފަހަރު ދޮވެސާފުކުރުން. އަދި ހޮސްޕިޓަލް ތަޅުންގަނޑު މަދުވެގެން ދުވާލަކު އެއްފަހަރު ޑިޓޯލް ބޭނުންކޮށްގެން ސާފުކުރުން.

 

5. ޑިއުޓީގައި ހަޑިވާ ބެޑްޝީޓާއި ތުވާލި ފަދަ ތަކެތި ޑިއުޓީ ނިމުމުގެ ކުރިން ސާފުކޮށްދޮވެ އިސްތިރިކޮށް ވާރޑްތަކަށް ތަކެތި ހަމަކޮށްފައި ބެހެއްޓުން.

 

6. ބެޑްޝީޓްފަދަ ތަކެތިލާ ކަބަޑުތައް، ޓްރޯލީ އަދި އެނދުފަދަ ތަކެތި ދޮވެ ސާފުކުރުން. އަދި

   މީގެ އިތުރުން ބަލިމީހުންނަށް ޚިދުމަތް ދިނުމުގައި ބޭނުންކުރާ އެންމެހައި ތަކެތި ދޮވެ ސާފުކޮށް ބެލެހެއްޓުން.

 

7. އޮޓޯކުލޭވް ކުރުމާބެހޭ މަސައްކަތުގައާއި އަދި ނަރުހުން ހޮސްޕިޓަލްގައި ކުރާ ކޮންމެ މަސައްކަތެއްގައިވެސް އެދިއްޖެނަމަ އެހީތެރިވެދިނުން.

 

8. މީގެ އިތުރުން ހޮސްޕިޓަލްގެ ވެރިންނާއި އަދި އިސްމުވައްޒަފުން އަންގާ މަސައްކަތް ކުރުން ( އޮފީސް މަސައްކަތް ).

 

މަޤާމުގެ ޝަރުޠުތައް

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

2.  މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

3. ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެމަސައްކަތް ކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

 

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

 

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

 

4. ޖިސްމާނީ، ނަފްސާނީ ޤާބިލްކަން ހުރިމިންވަރަށް ބަލައިގެން.

 

 

ހުށައަޅަންޖެހޭ ލިޔުންތައް

 

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް( ވަޒީފާއަށް އެދޭ ފޯމް ދ. އަތޮޅު ހޮސްޕިޓަލްގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑް ކުރެވޭނެއެވެ).

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލޫ ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓްތަކުގެ ކޮޕީ.

5. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓުގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ). ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ). އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

7. ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

8. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 

މަޤާމަށް އެދެންވީގޮތާއި ސުންގަނޑި:

ވަޒީފާއަށް އެދޭ ފޯމް ދ. އަތޮޅު ހޮސްޕިޓަލްގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑް ކުރެވޭނެއެވެ). މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 10 އޭޕްރީލް 2017 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ދ. ހޮސްޕިޓަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، ([email protected]) އެވެ. ފެކްސް ނަމްބަރަކީ، (6760531) އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

11 އޭޕްރީލް 2017 ން 13 އޭޕްރީލް 2017 އާއި ދެމެދު ދ. އަތޮޅު ހޮސްޕިޓަލްގައި. މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

%25 (ފަންސަވީސް އިންސައްތަ)

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަމްބަރަކީ 6760622 ،6760087 އެވެ. ފެކްސް ނަމްބަރަކީ، 6760531 އެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

 

 

                  އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.                    

                     05  ރަޖަބު  1438  

                     02  އޭޕްރީލް  2017  

 

02 އޭޕްރިލް 2017
ހޯދާ