ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2017 ވަނައަހަރުގެ މެއި/ ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އާއި އެޗްއެސްސީ އިމްތިޙާނަށް އިންވިޖިލޭޓަރުން ހޯދުން

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް

ދިވެހިރާއްޖެ                         

ނަންބަރު: IUL)120/01/2017/16)

 

އިޢުލާން

 

2017 ވަނައަހަރުގެ މެއި/ ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އިންޓަރނޭޝަނަލް  އޭލެވެލް އާއި އެޗްއެސްސީ އިމްތިޙާނަށް އިންވިޖިލޭޓަރުން ހޯދުން:                                                                                                     

               2017 ވަނަ އަހަރުގެ މެއި/ ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އާއި އެޗްއެސްސީ އިމްތިޙާނުގައި ޗީފް އިންވިޖިލޭޓަރުންނާއި އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނެ ބޭފުޅުން ބޭނުންވެއެވެ.

               މިކަމަށް އެދޭ ފޯމު 2017 އެޕްރީލް 02 ން 12 ށް މިޑިޕާޓްމަންޓުން ދޫކުރަމުން ގެންދާނެއެވެ. އަދި މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dpe.edu.mv އިން ޑައުންލޯޑު ކުރެއްވޭނެއެވެ. ފޯމުދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެދުނު 8:30 ން 13:30 އަށެވެ.

               ޗީފް އިންވިޖިލޭޓަރުންނާއި އިންވިޖިލޭޓަރުންގެ ޝަރުޠާއި އިޤުރާރު މި ޑިޕާޓްމަންޓްގެ ވެބްސައިޓުގައި ހިމަނާފައިވާނެ އެވެ.

               ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2017 އެޕްރީލް 12 ވަނަ ދުވަހުގެ 13:30 ގެ ކުރިން މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.

 

05  ރަޖަބު   1438

02  އެޕްރީލް  2017 

02 އޭޕްރިލް 2017
ހޯދާ