ދިވެހިރާއްޖެ
ނަންބަރު: 146-A3/2017/47
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ.
ފެމިލީ ކޯޓަށް 02 އަހަރު ދުވަހަށް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއްހޯދުމަށްކުރެވުނު ނަންބަރު 146-A3/2017/46 (26 މާރިޗު 2017) އިޢުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރަން ޙާޟިރުވެފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާތިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 އެޕްރީލް 05 ވަނަ ދުވަހުގެ 10:30 ށް މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2017 އެޕްރީލް 12 ވަނަ ދުވަހުގެ 10:30 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެމިލީކޯޓުގެ (ޖަސްޓިސް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ) ކޮންފަރެންސް ރޫމަށެވެ.
02 ރަޖަބު 1438