ދިވެހިރާއްޖެ
ފާރމަސޫޓިކަލް ރިކޯލް އެލާރޓް
ރާއްޖެއަށް އެތެރެކޮށް ވިއްކުމުގެ ހުއްދަ އޮންނަ ބޭހުގެ ލިސްޓްގައި ހިމެނޭ ބެނެޑްރިލް ސީ އާރ ސިރަޕް KN5012)) ބެޗްގައި ކުނޑިކޮޅުތަކެއް ހުރިކަން ފާހަގަކުރެވި، މިބެޗް ވަނީ ރިކޯލް ކުރެވިފައެވެ. އަދި މިބޭހުގެ އިތުރު ބެޗްތައް ބަލާ ޗެކްކުރުމުގެ މަސައްކަތް ކުރަމުންދާތީ، މިބޭހުގެ އެހެން ބެޗްތައް ބޭނުން ކުރުމުގައިވެސް، ބޭނުންކުރާ ފަރާތްތަކާއި ސިއްޚީ ޚިދުމަތްދޭ މަރުކަޒުތަކުން މިކަމަށް ސަމާލުވުމަށް ދަންނަވަމެވެ.
ވީމާ، ތިރީގައިމިވާ މިބެޗުގެ ސިރަޕް އިމްޕޯރޓް ކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާ ކަމެއްކަން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
Product Name: Benadryl CR
Generic Name: Ambroxol Hydrochloride + Guaiphenesin
Strength: 15mg + 100mg / 5ml Syrup (50ml bottle)
Batch No: KN5012
2 ރަޖަބު 1438