މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ހއ.އުލިގަމު ކަސްޓަމްސް އޮފީސް ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ހއ.އުލިގަމު ކަސްޓަމްސް އޮފީސް ޢިމާރާތުގައި ނުނިމިހުރި މަސައްކަތް

  1. ހއ.އުލިގަމުގެ އޮފީސް ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި ބީލަމުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން GC01-04, GC01-03, GC01-02, GC01-01 އަދި GC01-05  ގްރޭޑްތަކުގެ ފަރާތްތަކަށެވެ.
  3. ބީލަން ފޮތް ލިބެންހުންނާ 1 އެޕްރީލް 2017 ން 06 އެޕްރީލް 2017 ގެ ނިޔަލަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހެޑް އޮފީހުގެ ކޭޝް ކައުންޓަރުންނެވެ. ބީލަން ފޮތެއްގެ އަގަކީ 200/- (ދުއިސައްތަ) ރުފިޔާއެވެ.
  4. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައްކަންޖެހޭ ފައިސާއެއް ދައްކަންޖެހި، ނުދައްކާހުރި ފަރާތްތަކުން މިބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
  5. ޕްރޮޖެކްޓުގެ ބިޑުސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ރުފިޔާ ހުށަހަޅަންޖެހޭނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުށަހަޅާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓްގެ އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓްގެ އަގުގެ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
  6. މިޕްރޮޖެކްޓުގެ ޕްރީބިޑް މީޓިންގެ ތެރެއިން ފުރަތަމަ މީޓިންގ އޮންނާނީ މާލޭގައި 08 އެޕްރީލް 2017 ވާ ހޮނިހިރު ދުވަހުގެ 14:00 ގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހެޑް އޮފީހުގައެވެ. އަދި 2 ވަނަ މީޓިންގ އޮންނާނީ ހއ.އުލިގަން ކަސްޓަމްސް އޮފީސް ޢިމާރާތް ކުރާ ސައިޓުގައި 11 އެޕްރީލް 2017 ވާ އަންގާރަ ދުވަހުގެ 10:00 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މި 2 މީޓިންގގައިވެސް ބައިވެރިވާ ފަރާތްތަކަށެވެ.
  7. ޕްރީ ބިޑު މީޓިންގ ތަކަށް ހާޒޒިރުވުމުގެ ޓްރާންސްޕޯޓުގެ ޚަރަދު ހަމަޖައްސަންވާނީ ބީލަމަށް ހާޒިރުވާ ފަރާތްތަކުގެ އަމިއްލަ ޚަރަދުގައެވެ.
  8. އަންދާސީ ހިސާބު ހުށަހަޅުއްވާނީ 17 އެޕްރީލް 2017 ވާ ހޯމަ ދުވަހުގެ 14:00 ގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހެޑް އޮފީހުގައެވެ.
30 މާރިޗު 2017
ހޯދާ