މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގެ ވަށާ ފެންސް ޖެހުމާއި ލައިޓް އިތުރުކުރުން

އިޢުލާން

ފުޓްބޯޅަދަނޑުގެ ވަށާ ފެންސް ޖެހުމާއި ލައިޓް އިތުރުކުރުން

ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫޢުގެތެރެއިން މިރަށު ފުޓްބޯޅަ ދަނޑުގެ ވަށާ ފެންސްޖެހުމާއި، ދަނޑުގައި އިތުރު ދެ ލައިޓްޕޯސްޓް ޖެހުމާއި، މިހާރު ހުރި ލައިޓްޕޯސްޓްތަކަށް ލައިޓް އިތުރުކުރަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތްތައް ކުރަން ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2017 އޭޕްރިލް 10 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2017 އޭޕްރިލް 17 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތުދެވެން ނޯންނާނެވާހަކަވެސް ދަންނަވަމެވެ. މަޢުލޫމާތު ސާފުކޮށް ބިޑު ހުށަހެޅޭނީ، ކޮންމެ ފަރުދަކަށްވެސް 1 (އެކެއް) ފަރާތުގެ ނަމުގައެވެ. މިމަސަކަތް ކުރުމަށް މަޢުލޫމާތު ސާފުކޮށް ބިޑް ހުށަހެޅޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށެވެ. 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަމްބަރު 6580026 އާއި ގުޅުއްވުން އެދެމެވެ.

30 މާރިޗު 2017
ހޯދާ