ދިވެހިރާއްޖެ
އިޢުލާން
ގެޓްސެޓް ޕްރޮގްރާމް 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން
17 ނޮވެމްބަރު 2014 ގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީން އިފްތިތާހު ކޮށްދެއްވި ޒުވާން ވިޔަފާރިވެރިންގެ ލޯނު ޕްރޮގްރާމް ކަމަށްވާ، ގެޓްސެޓް ޕްރޮގްރާމްގެ 2017 ވަނަ އަހަރުގެ ބުރުގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯރމުތައް 30 މާރޗް 2017 ވަނަދުވަހުން ފެށިގެން ލިބެންހުންނާނެއެވެ. އަދި ފޯމް ހުށަހެޅުން 16 އޭޕްރިލް 2017 އިން ފެށިގެން 27 އޭޕްރިލް 2017ގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10.00ން މެންދުރު 14:00 އަށް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އެޕްލިކޭޝަން ފޯރމްގެ ސޮފްޓް ކޮޕީ މިމިނިސްޓްރީގެ ވެބްސައިޓް (www.trade.gov.mv)ގައި ލިބެން ހުންނާނެއެވެ، އެޕްލިކޭޝަންގެ ފޯރމުގެ ހާރޑްކޮޕީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު( ގްރައުންޑް ފްލޯރ އޮފީހުން) އަދި މިނިސްޓްރީގެ ހުރިހާ ބިޒްނަސް ސެންޓަރތަކުން ލިބެން ހުންނާނެއެވެ.
އަދި މިމިނިސްޓްރީއިން އެޕްލިކޭޝަން ފޯރމް ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ބަލައިގަންނާނީ ފުރިހަމަަ ކުރައްވާފައިވާ އެޕްލިކޭޝަން ފޯރމުގެ ހާރޑް ކޮޕީއާއި އީމެއިލްގެ ([email protected]) ޒަރިއްޔާއިންނެވެ. އަދި މުއްދަތު ހަމަވުމަށްފަހު ހުށަހެޅޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އެޕްލިކޭޝަން ފޯރމާއިއެކު ހުށަހަޅަންޖެހޭ ތަކެތި އެޕްލިކޭޝަން ފޯރމުގައި ބަޔާންކޮށްފައިވާނެއެވެ. އަދި އެޕްލިކޭޝަން ފޯރމާއިއެކު ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަޔަށް ހުށަހަޅުއްވާފައި ނެތްނަމަ އެއެޕްލިކޭޝަން ފޯރމް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ގެޓްސެޓް އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ:
01 ރަޖަބު 1438
29 މާރޗް 2017
