ދިވެހިރާއްޖެ
މި މަދަރުސާގެ ނަންބަރ: GS34/2017/03 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢްލާން ބާޠިލްކޮށް، މި މަދަރުސާއަށް ޓީ.ވީ ސަޕްލައިކޮށްދޭނެ ފަރާތެއް އަލުން ހޯދުމަށް ވަނީ ބޭނުންވެފައެވެ.
ވީމާ ، ޓީ.ވީ ސަޕްލައިކޮށްދިނުމުގެ ޕްރޮގްރާމަށް މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަދަރުސާއަށް 65 އިންޗީގެ 4 (ހަތަރު) ޓީ.ވީ ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 އޭޕްރީލް 2017 ވާ ހޯމަ ދުވަހު 11:00 އަށް މިމަދަރުސާއަށް ޙާޟިރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 06 އޭޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މަދަރުސާއަށް ޙާޟިރުވެދެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ޓީ.ވީ ސަޕްލައި ކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.
އަދި ދަންނަވެމެވެ. 03 އޭޕްރީލް 2017 ވާ ހޯމަ ދުވަހު 11:00 ގައި އޮންނަ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުވެނުލައްވާ، މަޢުލޫމާތު ކަރުދާސް ނުގެންދަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
27 ޖުމާދަލްއާޚިރާ 1438
26 މާރޗް 2017