ކަމަދޫ މަދަރުސާ، ބ. ކަމަދޫ
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

އިޢުލާން                    

 

 ވަޒީފާގެ ފުރުސަތު:

 

މަޤާމް: ރިލީފް ޓީޗަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ބ.ކަމަދޫ ސްކޫލް

މަޤާމްގެ ބާވަތް: ވަގުތީ

 

ތަޢުލީމީ ފެންވަރު

މަޤާމްގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާނަމަ

މަހަކު -/4500 ރުފިޔާ

      -/1500 ރުފިޔާ

މަތީ ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާނަމަ 

މަހަކު -/5500 ރުފިޔާ

      -/1500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވާނަމަ

މަހަކު -/6090 ރުފިޔާ

-/1500 ރުފިޔާ 

ވަޒީފާގައި މައިގަނޑު ގޮތެއްގައި ކުރަންޖެހޭ މަސައްކަތްތައް:

 - ސްކޫލްގެ ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނަށް، ޓައިމްޓޭބަލާ އެއްގޮތްވާގޮތުގެ މަތިން ފިލާވަޅުތައް ނަގައިދިނުން.

- ކުރިއަށް އޮންނަ ހަފްތާއަށް ލެސަންޕްލޭން ތައްޔާރުކޮށް، ޓީޗިންގ އެއިޑްސް ތައްޔާރުކުރުން.

- ސްކީމް އޮފް ވާރކް ތައްޔާރުކުރުން.

- ދަރިވަރުންކުރާ މަސައްކަތް ބަލައި ރަނގަޅު ކަންތައްތަކާއި ނުރަނގަޅު ކަންތައްތައް ފާހަގަކުރުން.

- ޔުނިޓްތައް ނިމުމުން ނުވަތަ ޕްލޭންކޮށްފައިވާ އުސޫލުން، ކިޔަވައިދެވުނު އެއްޗެއް ދަރިވަރުންނަށް ޙާސިލުވެފައިވާ މިންވަރު ވަޒަންކުރުން.

_ ސްކޫލްގައި ބާއްވާ ކުޅިވަރު މުބާރާތްތައް ރާވައި ހިންގުމާއި، ސްކޫލުން ބޭރުގައި ބާއްވާ ކުޅިވަރު މުބާރާތްތަކަށް ދަރިވަރުން ތަމްރީންކުރުން.

 އެހެނިހެން އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

 އިންޓަރވިއުކުރުން:

- މިމަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އެހެންކަމުނެ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަރވިއު ބާއްވާނެ ތާރީޚާއި ވަގުތު އެންގޭނެއެވެ. އިންޓަރވިއު އޮންނާނީ، މިސްކޫލްގައެވެ. ކިޔަވައިދިނުމުގެ ފެންވަރު ބެލުމުގެގޮތުން ކްލާހުގައި 1 ގަޑި ނެގުމަށް ހަމަޖެހިފައިވެއެވެ.                                                                     

- މިވަޒީފާއަށް އެދިފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރު ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.               

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( ވަޒީފާއަށް އެދޭ ފޯމް، މިސްކޫލްގެ އޮފީހުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދިފައިވާ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ)

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް)

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

 

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިސްކޫލްގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2017 އޭޕްރީލް 06 ވާ ބުރާސްފަތިދުވަހުގެ 13:00 އެވެ.                                                                     

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތީ މާރކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ.                                        

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރަސްމީގަޑީގައި މިސްކޫލްގެ ނަންބަރު 6600015 ފޯނާ ގުޅުން އެދެމެވެ.                                                                                 

 ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

 27 މާރޗް 2017

 

 

 

                                                                  

 

 

 

 

27 މާރިޗު 2017
ހޯދާ