ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމާއި ބެހޭ

ޢިއުލާން

ތިރީގައި މިވަނީ ނެޝަނަލް ސެންޓަރ ފޮ ދިއާޓްސްއިން 2017 ގައި ހިންގުމަށް ހަމަޖެހިފައިވާ ބޭސިކް ގިޓާ ކޯހާއި ސެޓްފިކެޓް 1 އިން އާޓް އެންޑް ޑިޒައިން ކޯހާ ބެހޭ މައުލޫމާތެވެ. 2 ކޯހުގައި ބައިވެރިވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. ކޯހުގައި ބައިވެރިވެ ލެެއްވުމަށް ޝައުޤު ވެރިވާ ފަރާތްތަކުން 10 އޭޕްރީލް 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ފުރުއްވުމަށް ފަހު ގދ. ތިނަދޫ ޔޫތު ސެންޓަރ އަށް ނުވަތަ ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 26 މާޗް 2017 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ފެށިގެންނެވެ. ކޯހަށް ވަނުމަށް އެދޭ ފޯމް ގދ. ތިނަދޫ ޔޫތު ސެންޓަރ އިންނާއި ނެޝަނަލް ސެންޓަރ ފޮ ދި އާޓްސްގެ ވެބްސައިޓް www.nca.gov.mv  އިން އަދި މިސެންޓަރުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު 3344667 ނަންބަރަށް ފޯނަށް ގުޅުއްވުމުން ލިބިވަޑައި ގަންނަވާނެއެވެ.

ކޯހުގެ ނަން: 1- ސެޓްފިކެޓް 1 އިން އާޓް އެންޑް ޑިޒައިން ކޯސް

         2- ބޭސިކް ގިޓާ ކޯސް

މުއްދަތު: 1 މަސްދުވަސް

ކޯހުގެ ފީ: ހިލޭ

ކޯސް ހިންގާނެ ތަން: ގދ. ތިނަދޫ

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ގްރޭޑް 7 ނިންމާފައިވުން.

ށ. ބޭސިކް ގިޓާ ކޯހުގައި ޢުމުރުން 10 އަހަރުން މަތީގެ ކޮންމެ ކުއްޖަކަށްވެސް ބައިވެރި ވެވިދާނެއެވެ.

26 މާރިޗު 2017
ހޯދާ