ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ

އިޢުލާން

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ

އަމިއްލަ ފަރާތަކުން ހުށައަޅާފައިވާ މައްސަލައަކާއިގުޅިގެން މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ޕޮއިންޓް ދިނުމުގެ އުޞޫލަށް ބަދަލެއް ގެނެސް އެބަދަލު އާއްމުކުރުމަށް އަންގަވާފައިވާތީ ދަންނަވެމެވެ.

ޕޮއިންޓްދިނުމުގެ އުޞޫލުގައިވާ އުމުރުފުރައިގެ ބައިގައި ކުރިން ވާނީ 18 އަހަރުންފެށިގެންމަތީގެ ހުރިހާ ބޭފުޅުންނަށް ގޯއްޗަށް އެދުމުގެ ޝަރުތުހަމަވާކަމަށެވެ. ނަމަވެސް މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އަންގަވާފައިވަނީ 21 އަހަރުންފެށިގެން މަތީގެ ބޭފުޅުންނަށް އެކަނި ޝަރުތު ހަމަވާގޮތައް އުޞޫލުގައިވާ އަކުރު އިސްލާޙް ކުރުމަށެވެ.

ކަންމިހެންހުރުމާއެކު، މިއިދާރާއަށް ފޯމްތައް ހުށަހަޅާފައިވާ ބޭފުޅުންގެ ތެރެއިން 21 އަހަރުން ދަށުގެ ހުރިހާ ބޭފުޅުންގެ ގޯއްޗަށް އެދޭފޯމްތައް ބާޠިލްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

  • ތިރީގައި އެވަނީ ޕޮއިންޓްދިނުމުގެ އުޞޫލަށް ގެނެވިފައިވާ ބަދަލެވެ.
  1. 1.     ޢުމުރުގެ ބައި

1.2

ޢުމުރުން 21 - 27 އަހަރާ ދެމެދު ނަމަ

8.25

1.3

ޢުމުރުން 28 - 32 އަހަރާ ދެމެދު ނަމަ

10.25

1.4

ޢުމުރުން 33 - 37 އަހަރާ ދެމެދު ނަމަ

12.25

1.5

ޢުމުރުން 38 އަހަރުން މަތި

14.25

 ވީމާ،  ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

23 މާރޗް 2017

23 މާރިޗު 2017
ހޯދާ