ދިވެހިރާއްޖެ
އިޢުލާން
ނަންބަރު: MMS-A/2017/14
މިއޮފީހުގައި ބެކަޕް ޕަވަރ ފެސިލިޓީއެއް ޤާއިމުކުރުމަށްބޭނުންވާ ކޮންސަލްޓަންސީގެ ޚިދުމަތް ދޭނެފަރާތެއް ހޯދުމަށް
މިއޮފީހުގައި ބެކަޕް ޕަވަރ ފެސިލިޓީއެއް ޤާއިމު ކުރުމަށް ބޭނުންވާ ކޮންސަލްޓަންސީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 މާރިޗު 2017 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 02 އޭޕްރިލް 2017 ވާ އާދީއްތަދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 02 އޭޕްރިލް 2017 ވާ އާދީއްތަދުވަހުގެ 11:00 ގައި މިއޮފީހުގައެވެ.
މިމަސައްކަތާއިގުޅޭ "ޓާރމްސް އޮފް ރެފެރެންސް" ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
http://www.meteorology.gov.mv/uploads/ToR_Consultancy_Service_to_Establish_Backup_Power_Facility.PDF
އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކޮށްލައްވައިގެން ނުވަތަ 3323084 އަށް ގުޅުއްވައިގެން ހޯއްދެވުން އެދެމެވެ.
24 ޖުމާދިލްއާޚިރާ 1438
23 މާރިޗު 2017