މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ލައިސަންސްގެ އަހަރީ ފީ އާއި ޖޫރިމަނާ ނަގާ އުސޫލަށް ބަދަލު އައުން

އިއުލާން

ލައިސަންސްގެ އަހަރީ ފީ އާއި ޖޫރިމަނާ ނަގާ އުސޫލަށް ބަދަލު އައުން

އަހަރީ ފީ ދެއްކުން ލަސްވުމުން ނަގާ ޖޫރިމަނާ ފައިސާގެ އަދަދަށް، ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 2ވަނަ އިސްލާހަށް 7 މާރިޗު 2017 އިން ފެށިގެން އަދި ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 3ވަނަ އިސްލާހަށް 8 ފެބްރުއަރީ 2017 އިން ފެށިގެން އަމަލުކުރަން ފެށުމާގުޅިގެން، މި ކޮމިޝަނުން ދޫކުރާ ލައިސަންސްގެ އަހަރީ ފީ އާއި ޖޫރިމަނާ ދެއްކުމުގައި މިއަދުން ފެށިގެން ތިރީގައިވާ ގޮތުގެ މަތީން ބަދަލު ގެނައުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.  

1. 31 މާރިޗު ގެ ފަހުން އަހަރީ ފީ ދައްކާ ނަމަ، އަހަރީ ފީ އާއި ޖޫރިނަމާ އެއްކޮށް ނެގުން.

2. މި ދެންނެވި ޤަވާއިދުތަކަށް ގެނެވުނު އިސްލާހުތަކަށް އަމަލުކުރަން ފެށުނު ތާރީޚާ ހަމައަށް ހިނގަހިނގާ ހުރި ޖޫރިމަނާ ފައިސާ އެއް ދައްކަން ޖެހޭ ފަރާތްތަކުން ފައިސާ ގެނުމުގައި، މިހާރު ކަނޑައެޅިފައިވާ ޖޫރިމަނާގެ ސީލިންގ ނުވަތަ އެންމެ މަތީން ޖޫރިމަނާ ކުރެވޭ އަދަދު (250000ރ ނުވަތަ އަހަރީ ފީގެ ދެ ގުނަ މި ދެ އަދަދުންކުރެ ބޮޑު ޢަދަދެއް) ހަމަޖެއްސުން.

3. 2016 ވަނަ އަހަރުގެ ނުވަތަ އޭގެ ކުރީ އަހަރެއްގެ ޖޫރިމަނާ ފައިސާ އެއް ދައްކަން ޖެހި ނުދައްކާ އޮތް ފަރާތްތަކުން، ކުރިން ޖޫރިމަނާ ފައިސާ ނެގުމުގައި އަމަލުކުރި އުސޫލުން އެ ފައިސާ ހޯދުމަށް ކޯޓަށް ހުށަހެޅުން.

މި އިއުލާނާއި ގުޅިގެން، ޖޫރިމަނާ ފައިސާ ނެގުމާ ގުޅޭގޮތުން 08 އޮކްޓޯބަރ 2014ގައި ނެރުނު މި ކޮމިޝަނުގެ ނަމަބްރ: (IUL)427-LCM/1/2014/57 އިއުލާން ބާތިލްވީއެވެ. ވީމާ، ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް މި ކޮމިޝަނުން ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ ސަމާލުކަމަށް މި ކަން ގެންއުމަށް އާއްމުކޮށް އިއުލާންކުރަމެވެ.

            24 ޖުމާދަލްއާޚިރާ 1438

              23 މާރޗް 2017

           

23 މާރިޗު 2017
ހޯދާ