ދިވެހިރާއްޖެ
ލޯކަލް މާރުކޭޓްގެ ގޮޅިތައް ދޫކުރުމާއި ގުޅޭ.
ލ. ގަމު މަތިމަރަދޫ ނާސަރީ ޢިމާރާތުގެ އިރުން ހަދާފައިވާ ލޯކަލް މާރުކޭޓް ގޮޅިތައް ކުއްޔަށް ދޫކުރުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)399-EDS/399/2017/20 (27 ފެބުރުއަރީ 2017) އިޢުލާނާ ގުޅިގެން އެސްޓިމޭޓް ހުށަހެޅި ފަރާތްތައް މަދުވުމުން އެއިޢުލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކަށް ކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ގަމު ކައުންސިލް އިދާރާ |
28 މާރޗް 2017 |
އަންގާރަ |
13:00 |
އަގު ހުށައެޅުން |
ގަމު ކައުންސިލް އިދާރާ |
30 މާރޗް 2017 |
ބުރާސްފަތި |
13:00 |
މަޢުލޫމާތު ދިނުން އޮންނާނީ ކައުންސިލްގެ މައި އިދާރާގައެވެ. މަޢުލޫމާތު ލިބިގަތުމާއި، އެސްޓިމޭޓް ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި މިކަމަށް އެދި މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގަންނަވާނީ މަޢުލޫމާތު ސާފުކުރުމުގެ 01 ފުރުޞަތެވެ.