ދިވެހިރާއްޖެ
ކ.އަތޮޅު މަދަރުސާ ކ.ކާށިދޫ،ދިވެހިރާއްޖެ |
|
ތާރީޚް: 23 މާރޗް 2017 |
ނަމްބަރު: GS36/2017/09 |
އިޢުލާން |
|
އިންޓަރެކްޓިވް ޓީޗިންގ ޑިވައިސް ގަންނަން ބޭނުންވެއްޖެ
މިމަދަރުސާއަށް 5 އިންޓަރެކްޓިވް ޓީޗިންގް ޑިވައިސް ގަންނަންބޭނުންވެގެން 2017 މާރޗް 09 ވަނަ ދުވަހުކުރި ނަމްބަރ: GS36/2017/04 އިއުލާނާއި ގުޅިގެން އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށައަޅުއްވާފައިނުވާތީ އެއިއުލާނު ބާތިލުކޮށް އަލުންއިއުލާނު ކުރަމެވެ. ވީމާ މިމަދަރުސާއަށް 5 އިންޓަރެކްޓިވް ޓީޗިންގ ޑިވައިސް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން 2017 މާރޗް 28 ވާ އަންގާރަ ދުވަހުގެ 14:00 އަށް ކ.އަތޮޅު މަދަރުސާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޭޕްރިލް 02 ވާ އާދިއްތަ ދުވަހުގެ 13:30 އަށް މަދަރުސާގެ އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށައެޅުއްވުންއެދެމެވެ. އަންދާސީހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޤާނޫނު ނަމްބަރު 2014/18، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު 2014/19، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
23 މާރޗް 2017
|