ދިވެހިރާއްޖެ
މި މިނިސްޓްރީއަށް ހުށަހަޅާ ބައެއް ޢިމާރާތްތަކުގެ ސްޓްރަކްޗަރަލް ކުރެހުންތައް މި މިނިސްޓްރީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޗެކުކޮށް ދެއްވާނޭ 3 ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު އަދި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން ލިބެން ހުންނާނެއެވެ.
ވީމާ، މި މަސައްކަތްކޮށްދެއްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދޭ ވަނަވަރާއި އެހެނިހެން ތަފުސީލާއެކު އަންނަނިވި ތާވަލުގައިވާ ގޮތުގެ މަތީން މި މިނިސްޓަރީއަށް އަންދާސީ ހިސާބު ހުށަހަޅުއްވައި ދެއްވުން އެދެމެވެ.
|
ތާރީޙް |
ވަގުތު |
ތަފްސީލް |
|
6 އޭޕްރިލް 2017 (ބުރާސްފަތި) |
10:00 |
އަންދާސީ ހިސާބު ހުށަހެޅުއްވުން |
އިތުރު މައުލޫމާތު ހޯއްދެވުމަށް މި މިނިސްޓްރީގެ ނަންބަރު 3004172 އާއި ގުޅުއްވުން އެދެމެވެ.
ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވަލޮޕްމަންޓް ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ
މާފަންނު، އަމީނީމަގު،
މާލެ، ދިވެހިރާއްޖެ
23 ޖުމާދަލް އާޙިރާ 1438ހ.
22 މާރޗް 2017މ.
