ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ނިލަންދޫ ނަރުދަމާ ނިޒާމަށް 02 އެސިސްޓެންޓް ޕްލާންޓް އޮޕަރޭޓަރުން ހޯދުން

އިޢުލާނު

ފ. ނިލަންދޫ ނަރުދަމާ ނިޒާމަށް 02 އެސިސްޓެންޓް ޕްލާންޓް އޮޕަރޭޓަރ ހޯދުމަށް ޢާންމުކޮށް އިޢުލާނުކުރީމެވެ.

 

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް ޕްލާންޓް އޮޕަރޭޓަރ

މަޤާމުގެ ކްލެސިފިކޭޝަން ރޭންކާއެކު:

އޮފިސަރ ގްރޭޑް 1

މުސާރަ:

3,700/- ރުފިޔާ

ސަރވިސް އެލަވަންސް:

1,000/-

ބޭނުންވާ ޢަދަދު:

02 (ދޭއް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ފ. ނިލަންދޫ  ނަރުދަމާނިޒާމު

 

ތަޢުލީމާއި ތަޖުރިބާ:

01.

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޖީސީއީ އެޑްވާންސް ސަބްސިޑިއަރީ އިމްތިޙާނުން 02 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، ސެކަންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ

 

 

 

 

02. 

 

 

 

 

 

03.

 

 

 

 

 

04.

 

 

 

 

05. 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސަބިތުކޮށްދިނުމާއެކު، ޘާނަވީ އިމްތިޙާނަކުން ދެމާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލު ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުނ، ނުވަތަ

 

މާޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މާޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައިމީ ސަނަދިތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

 

މާޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 06 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޖީ.އެސް 3 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި، މަޤމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.     

މަޤާމުގެ މަސްއޫލިއްޔަތު:

 

އެސިސްޓެންޓް ޕްލާންޓް އޮޕަރޭޓަރގެ  މަސްޢޫލިއްޔައްތުތައް:

01. ނަރުދަމާ ނިޒާމުގެ ސިސްޓަމް ހިންގައި ބެލެހެއްޓުން

02. ޢިމާރާތުގެ އެތެރެ ސާފްކުރުން

 03. އަލަށް އާބާދުވާ ގޭގޭގެ ޖަންކްޝަން ހޮޅި ގުޅައިދިނުން.

04. ސިސްޓަމް މަރާމާތުކޮށް ބެލެހެއްޓުން

05. ޢިމާރާތް މަރާމާތުކޮށް ބެލެހެއްޓުން

06. ރަށުތެރޭގެ ޖަންކްޝަންގެ މައްސަލައެއްދިމާވެއްޖެނަމަ  އެކަމެއް ހައްލުކުރުން.       

07. ޑްރައިން ބެޑަށް ފޮނުވާ ނަޖިސް ނަގައި ވިއްކުން

08. ކަނޑައަޅާ މުއްދަތުތަކާ އެއްގޮތަށް ލަމޭލާތަކާއި ޖަންކްޝަން ސާފްކުރުން

09. ތަނުގެ މުދަލާއި ތަކެތި ބެލެހެއްޓުން

10. ކޮންޓެއިނާތައް މަރާމާތުކޮށް ބެލެހެއްޓުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ތައްތައްތައް:

1. ތަޢުލީމާއި ތަމްރީނު.

2. މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.

4. ގިނަވަގުތު މަސައްކަތުގެ އުޅެވޭ ފަރާތްތަކަށްވުން.

5. އިންޓަވިއުއިން (ޕްރެކްޓިކަލްސްއާއެކު) އެންމެމަތީ މާކްސްހޯދާ ފަރާތް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2017 އޭޕްރީލް 02 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، "ރައްޔިތުންގެ ވަޒީފާއަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ފ. ނިލަންދޫ ކައުންސިލް އިދާރާއަށް ހުށަހެޅުން.

އިންޓަވިއު އަދި ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު.

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 2017 އެޕްރީލް 04                                                                                                                                                                                                                                                                                                                                                                                                                                                                                                               ވާ އަންގާރަ ދުވަހުގައި ފ. ނިލަންދޫ ކައުންސިލް އިދާރާގައެވެ. ވީމާ، އެތާރީޚުގައި އިންޓަވިއުއަށް ތައްޔާރުވެ ރަށުގައި ތިއްބެވުން އެދެން.

އުޖޫރައާއި އިނާޔަތްތައް:

  • މުޥައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ އިނާޔަތު ފައިސާއާއި އެހެނިހެން އެލަވަންސާއި އަދި ދަތުރު އެލަވަންސް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (ފޯމް ފ. ނިލަންދޫ ކައުންސިލް އިދާރާގެ ކައުންޓަރުންލިބެން ހުންނާނެއެވެ.)

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ:

3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)

4. ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ.

5. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުން.

7. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ފ. ނިލަންދޫ ރައްޔިތުންގެ ނަރުދަމާ ނިޒާމުގެ އެސިސްޓެންޓް ޕްލާންޓް އޮޕަރޭޓަރެއްގެ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުޥައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ/އިދާރާގެ ލިޔުމެއް. (މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން/އިދާރާއިން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ، މި ލިޔުން ހުށަހަޅާކަން ނުޖެހޭނެއެވެ.)

8. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

9. ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތަކުގެ ތާރީޚާއި ތަފްޞީލް އެނގޭނޭ ލިޔުން. (ހުށަހެޅި ފަރާތުގެ ސޮއިކޮށްފައިވާ)

 

އެހެނިހެން ކަންތައްތައް

  • މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ މީލާދީގޮތުން ޢުމުރުން 55 އަހަރު ހަމަވެފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް އަދި ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުއްތައް ބަލައިނުގަނެވޭނެއެވެ.

 

މިމަޤާމަށްމީހަކު ހޮވުމުގައި ޝަރުޠު ހަމަވާ މީހަކު ނުލިބިއްޖެނަމަ ކުރިމަތިލާފައިވާ ފަރާތްތަކުން އެންމެ ރަނގަޅު ފަރާތެއް ހަމަޖެއްސޭނެއެވެ. ނަމަވެސް ޝަރުޠު ހަމަނުވާ މީހެއްނަމަ މުސާރަ ދެވޭނީ މަޤާމުގެ މުސާރައިގެ 85% އަށް ވާ މިންވަރަށެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ފ. ނިލަންދޫ ކައުންސިލް އިދާރާގެ ނަމްބަރު: 6740016 ފޯނަށް ގުޅުއްވުން އެދެމެވެ. ފެކްސް ނަންބަރަކީ 6740598 އެވެ. އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ.

22 މާރިޗު 2017
ހޯދާ