ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫގެ ސްޓޭޖު ޢިމާރާތަށް ބަދަލު ގެނެސް ފަޔަރ ސްޓޭޝަން ޤާއިމް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މިއިދާރާއިން 09 މާރިޗް 2017ގައި ކުރި އިޢްލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގެންފައި ނުވާތީ، މިރަށު ސްޓޭޖްގައި ސްޓޭޖް ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ފަޔަރ ސްޓޭޝަނެއް ޤާއިމު ކޮށްދޭނެ ފަރާތެއް ހޯދުމަށްއެދި އަލުން އިޢްލާނު ކުރަމެވެ.

ވީމާ މިކަމަށް އެދި ޝައުގުވެރިވެލައްވާ ބޭފުޅުން 2017 މާރިޗް 30 ވާ ބުރާސްފަތި ދުވަހުގެ 11:00  އަށް މިކައުންސިލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޭޕްރީލް 03 ވާ ހޯމަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބާއި މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނޭ ކަމުގައި ދަންނަވަމެވެ. އެހެންމީހެއްގެ ހަވާލުގައި އަންދާސީ ހިސާބު ހުށަހަޅާނަމަ ގަޑިޖެހުމުގެ 1 ގަޑިއިރުކުރިން އެކަން ބަޔާންކޮށް މިއިދާރާއަށް އެފަރާތުގެ ލިޔުމެއް ސޮޔާއިއެކު ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއިން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމުގައި ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ފ.ނިލަންދޫގައި ޤާއިމްކުރާ ފަޔަރސްޓޭޝަން ހެދުމުގެ މަސައްކަތަށް ކޮށްދިނުން އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.

މިމަސައްކަތަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް ބަޔާންކުރެވިފައި އެވަނީއެވެ.

#

ޕޮއިންޓްދޭ ބައިތައް

ޕޮއިންޓް

ބެންޗް މާކް ތަފްޞީލް

01

ހުށަހަޅާ އަގު

60%

ހުށަހަޅާ އަގަކީ އަންދާޒާކުރާ އަގާ އަޅާބަލާއިރު މިކަމަށް އެކަށީގެންވާ އަގެއްކަން.

 

މުއްދަތު

15%

ހުށަހަޅާ މުއްދަތަކީ މިމަސައްކަތް ކޮށް ނިންމޭނެ މުއްދަތެއް ކަމުގައިވުން.

 

މާލީ ތަނަވަސްކަން

10%

މާލީ ގޮތުން އެކަންކުރެވޭނެ ފެންވަރެއްގައިވާ ފަރާތެއްތޯކަން އެނގޭ ފަދަ ލިޔުން. މިގޮތުން މިފަދަ ލިޔުމުގެ ގޮތުގައި ބަލާނީ ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދީފައިވާ މިފަދަ ލިޔުންތަކަށް.

 

ތަޖްރިބާ

10%

މީގެކުރިން ކޮށްފައިވާ މިބާވަތުގެ ކަންތައްތައް ހިނގާފައިވާ ގޮތާއި އެކަމުގެ ކުޑަބޮޑުމިން އެނގޭފަދަ ލިޔުން. މިފަދަ ލޔުންތަކުގެ ގޮތުގައި ބަލާނީ އެކަމާގުޅޭ ތަފްޞީލްތައް ބަޔާންކޮށް ހުށަހަޅޭ ލިޔުންތަކަށް

 

ފަންނީ ޤާބިލްކަން ހުރި މިންވަރު

05%

މިމަސައްކަތް ކުރުމުގައި މަސައްކަތާގުޅޭ ދާއިރާގެ ފަންނުވެރިކަން އަންގައިދޭ ރަސްމީ ލިޔުން.

22 މާރިޗު 2017
ހޯދާ