ދިވެހިރާއްޖެ
މަސައްކަތް
ބޮޑުފޮޅުދޫ މަދަރުސާ، ދިވެހިރާއްޖެ
ނަންބަރު GS149/2017/04:
އައުޓްސޯސްކޮށް ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިބެހޭ:
މިމަދަރުސާގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ ކަންތައް އައުޓްސޯސްކޮށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 މާރޗް 2017 ވާ ބުދަ ދުވަހުގެ 13:00ށް މިމަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 05 އޭޕްރީލް 2017 ވާ ބުދަ ދުވަހުގެ 13:00ގައި ޕްރޮޕޯސަލް ހުށައެޅުއްވުމަށް ދަންނަވަމެވެ. މިގޮތުން ހުށައެޅޭ ޕްރޮޕޯސަލްތައް ކެނޑުން އޮންނާނީ، ޕްރޮޕޯސަލް ހުށައަޅާފަރާތްތަކުގެ ޙާޒިރުގައި 05 އޭޕްރީލް 2017 ވާ ބުދަ ދުވަހުގެ 13:00ގައެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށައަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ، ރަސްމީ ގަޑީގައި މި ސްކޫލުގެ ނަންބަރު 6660841 ފޯނަށް ގުޅުއްވުން އެދެމެވެ.
މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިއިޢުލާން ނިކުތުމާއި އެކު ސެކިއުރިޓީ އައުޓްސޯސް ކުރުމަށް އެދި ކުރިން ކުރެވިފައިވާ Gs149/2017/01 ނަމްބަރ އިޢުލާން އަށް ކުރިމަތިލާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާތިލްކޮށްފީމެވެ.
ޝުކުރިއްޔާ!
23 ޖުމާދުލްއާޚިރު 1438
22 ޖަނަވަރީ 2017