ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާ ނ.ހެނބަދޫ/ ދިވެހިރާއްޖެ ނަންބަރ: (IUL)285-C/285/2017/15 އިޢުލާން ހުކުރު މިސްކިތުގެ ޖަންކްޝަން މަރާމާތު ކުރުމާއި ގުޅޭ
މިއިދާރާގެ ފަރާތުން ތަކެތި ދިނުމުން، މިރަށު ހުކުރު މިސްކިތް (މަސްޖިދުލް އައްވާބީ) ގެ ޖަންކްޝަން މަރާމާތު ކޮއްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ. ވީމާ މި މަސައްކަތް ކޮއްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 މާރިޗް 2017 ވާ ހޯމަ ދުވަހުގެ 13:00ގައި މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފްކުރުމަށްފަހު 30 މާރިޗް 2017 ވާ ބުރާސްފަތި ދުވަހު 13:00 ގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިޢިއުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށެވެ. ވީމާ މިކަން އާއްމުކޮށް އެންގުމަށްޓައި އިޢުލާން ކުރީމެވެ.
23 ޖުމާދިލްއާޚިރް 1438 22 މާރިޗް 2017
|
g |