މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ހއ. ބާރަށުގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ މެޓީރިއަލް ފޯރުކޮށްދިނުމުން ޢަމަލީ މަސައްކަތްކުރާނެ ފަރާތެއް ހޯދުމާބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

ހއ. ބާރަށުގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ މެޓީރިއަލް ފޯރުކޮށްދިނުމުން ޢަމަލީ މަސައްކަތްކުރާނެ ފަރާތެއް ހޯދުމާބެހޭ

1. ޕީ.އެސް.އައި.ޕީ ގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެންޑް އެނާރޖީގެ ބޭނުމަށް ހއ. ބާރަށުގެ ނަރުދަމާގެ މަޝްރޫޢަށް ބޭނުންވާ މެޓީރިއަލް ފޯރުކޮށްދިނުމުން ޢަމަލީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ، 2 ވަނަ ނުކުތާގައިވާ މަސައްކަތްކުރެވޭނެކަމުގެ ޤާބިލިއްޔަތުކަން ހުރި ރާއްޖޭގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި މަސައްކަތުގެ ތެރޭގައި ހިމެނެނީ ނަރުދަމާގެ ވިޔުގަ ޤާއިމުކުރުމާއި، ލިފްޓިންގ ސްޓޭޝަނާއި ޕަމްޕް ސްޓޭޝަން އަދި ސީ އައުޓް ފޯލް ޤާއިމުކުރުމުގެ މަސައްކަތެވެ.

3. މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ދިވެހިރާއްޖޭގެ ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެ މަތިން "ސިންގަލް ސްޓޭޖް ވަން އެންވެލޮޕް" ބިޑިންގ ޕްރޮސެސްގެ ދަށުންނެވެ.

4. ބީލަމުގައި ބައިވެރިވުމަށް -/500 (ފައްސަތޭކަ) ރުފިޔާގެ ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 23 މާރިޗު 2017 އިން 20 އެޕްރީލް 2017 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00އަށް މިމިނިސްޓްރީ އިންނެވެ. ބީލަންފޮތް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

5. މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި -/50,000ރ (ފަންސާސްހާސް ރުފިޔާ) ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.މި މަޝްރޫޢުގެ ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

6. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 6 އެޕްރީލް  2017ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

7. ބީލަން ހުޅުވުން އޮންނާނީ 23 އެޕްރީލް 2017 ވާއާދިއްތަ ދުވަހުގެ 10:00 ގައި މިމިނިސްޓްރީގެ ނޭޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނޭޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިންގ،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން  : 3349106    3349191

އީމެއިލް : [email protected]

ކޮޕީ  : [email protected]

9. މި އިޢުލާން މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި އަޕްލޯޑް ކުރެވިފައި ވާނެއެވެ.

21 މާރިޗު 2017
ހޯދާ