ދިވެހިރާއްޖެ
ޕްރީކުއަލިފިކޭޝަނަށް ހުށަހެޅުމުގެ ދަޢުވަތު
15 ރަށެއްގެ ނަރުދަމާ މަޝްރޫޢަށް ބޭނުންވާ ސިވިލް ވޯރކްސް މެޓީރިއަލްސް ސަޕްލައިކޮށް ދޭނެ ފަރާތެއް ޕްރީކޮލިފައިކުރުމާއި ބެހޭ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެދިލެއްވުމުގެ މަތިން، ހއ.އުތީމު، ނ.ލަންދޫ، ރ.މާކުރަތު، ރ.ރަސްމާދޫ، ކ.ކާށިދޫ، އދ.ހަންޏާމީދޫ، އދ.އޮމަދޫ، ފ.ފީއަލި، ލ.މާވަށު، ފ.ބިލެއްދޫ، ރ.އިންނަމާދޫ، ށ.ފީވަކު، ގއ.ގެމަނަފުށި، ގދ.މަޑަވެލީ އަދި ހއ.ބާރަށް، މި 15 ރަށުގެ ނަރުދަމާ މަޝްރޫއަށް ބޭނުންވާ ސިވިލް ވޯރކްސް މެޓީރިއަލްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިމަޝްރޫއުގެ ތިރީގައިވާ މަސައްކަތަށް މެނުފެކްޗަރުން ހޮވުމުގެ ގޮތުން ޕްރީކޮލިފައިކުރުމަށްޓަކައި، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަސައްކަތަށް ޕްރިކޮލިފިކޭޝަން ޑޮކިޔުމަންޓް ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- 15 ރަށެއްގެ ނަރުދަމާ މަޝްރޫޢަށް ބޭނުންވާ ސިވިލް ވޯރކްސް މެޓީރިއަލްސް ސަޕްލައިކޮށްދިނުން.
ބީލަމުގައި ބައިވެރިވުމަށް -/1500 (ފަނަރަސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 23 މާރިޗު 2017 އިން 20 އެޕްރީލް 2017 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އަށް މިމިނިސްޓްރީއިންނެވެ. ޕްރިކޮލިފިކޭޝަން ޑޮކިޔުމަންޓް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީ-މެއިލް ކުރައްވާނީ 2017އެޕްރީލް 6 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އެޑްރެހަށެވެ.
ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިންގ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު، މާލެ،
ފޯނު ނަންބަރ: 3349104 (960+), 3349125 (960+)
ފެކްސް: (960)3324432
މާލެ، ދިވެހިރާއްޖެ.
އީ-މެއިލް އެޑްރެސް: [email protected]
ޕްރިކޮލިފިކޭޝަން ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 2017އެޕްރީލް 24 ވާ ހޯމަ ދުވަހުގެ 10:00ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިންގގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިއެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.