ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މިއޮތޯރިޓީގެ ބޭނުމަށް ސޮފްޓްވެއަރއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ.

 

ލޭބަރ ރިލޭޝަންސް އޮތޯރިޓީ                                                                                                                   

   މާލެ،                                                                                                                            

  ދިވެހިރާއްޖެ.                                                                   

                                                    ނަންބަރު: IUL)458/458/2017/5)

އިޢުލާން

 

މި އޮތޯރިޓީގެ ހުރިހާ މަސައްކަތެއް އެއް ސޮފްޓްވެއަރ އެއްގެ ތެރެއިން މަސައްކަތް ކުރާގޮތަށް، ސޮފްޓްވެއަރ އެއް ފަރުމާކުރަން ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައި އެވާ ތާވަލުގައި ބަޔާން ކޮށްފައިވާ ގޮތަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީ (ތީމުގެ ގަރާޖު ޢިމާރާތުގެ ފުރަތަމަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުން

29 މާރިޗު 2017

(ބުދަ)

11:00 (ހެނދުނު)

ލޭބަރ ރިލޭޝަންސް އޮތޯރިޓީ  (ތީމުގެ ގަރާޖް ޢިމާރާތުގެ ފުރަތަމަ ފަންގިފިލާ  ،  ހަވީރީ ހިނގުން)

ބީލަން ހުށަހެޅުން

03 އެޕްރީލް 2017

(ހޯމަ)

11:00 (ހެނދުނު)

ލޭބަރ ރިލޭޝަންސް އޮތޯރިޓީ  (ތީމުގެ ގަރާޖް ޢިމާރާތުގެ ފުރަތަމަ ފަންގިފިލާ  ،  ހަވީރީހިނގުން)     

 

- ބީލަން ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކަށެވެ.

- ބީލަން ހުށަހަޅުއްވާއިރު މިއޮތޯރިޓީން ޙަވާލުކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރައްވަންވާނެއެވެ.

- ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.

- 03 އެޕްރީލް 2017 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ފަހުން ހުށަހަޅުއްވާ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެއެވެ.

 

އިތުރު މަޢުލޫމާތު:

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3306197 ނުވަތަ 3306170 ނުވަތަ 3306176 މިއިން ފޯނު ނަންބަރަކަށް ގުޅުއްވުން އެދެމެވެ.

އީމެއިލް އެޑްރެސް: [email protected]

 

 

 

 

 

 

 

 

 

 

 

 

 

 

 

21 މާރިޗު 2017
ހޯދާ