މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާ

ނ.ހެނބަދޫ

އިޢުލާން

                                                          ނަންބަރ: IUL)285-C/285/2017/14)

 މި އިދާރާއަށް، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:

މަސައްކަތު

ޔުނިޓް

ކޯޕަރޭޓް އެފެއާޒް

ރޭންކް

އެސް.އެސް 1 (ސަޕޯޓް ސަރވިސް 1)

ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގުރޭޑް 1

މަޤާމްގެ ގިންތި:

ދާއިމީ

މުސާރަ:

3100.00 ރުފިޔާ

ސަރވިސް އެލަވަންސް

1000.00 ރުފިޔާ

ބޭނުންވާ އަދަދު:

1

ޝަރުތު:

1-      ލިޔަން ކިޔަން ދަތުމާއިއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

2-      ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަތު ރަގަނޅު މީހެއްގަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ރަށަށް ވަޑައިގަންނަވާ އެކި އެކި ވަފުތަކަށް މެހުމާންދާރީ އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  2. އޮފީހަށް ގެނެވޭ ތަކެއްޗާއި ރައްޔިތުންގެ ބޭނުމަށް ގެނެވޭ ތަކެތި ގުދަންކޮށް ބެލެހެއްޓުން.
  3. އޮފީހާއި ރައްވެހިގޭގެ ހޮޅިބުރި ، ބޮކިފަދަ ތަކެތި އެނދުމުން ޖެހުން.
  4. ރައްޔިތުންގެ މަސައްކަތް ކުރަމުންދާއިރު އެތަނަށް ގެންދިޔުމަށް ވެރިން އަންގާ ތަކެތި ގުދަންކޮށް ބެލެހެއްޓުން.
  5. އޮފީހާއި ރައްވެހިގޭގައި ހުންނަ ހިފާގެންގުޅޭ ޓޫލްސް ފަދަ ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުން
  6. އޮފީހާއި ރައްވެހިގޭ ބަގީޗާ ހައްދާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  7. އެކިފަރާތްތަކާ ޙަވާލުކުރަންޖެހޭ ސިޓީ މެސެޖް ފަދަ ތަކެތި ޙަވާލުކުރުން.
  8. އޮފީހުން އެކިފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި އޮފީހަށް ހޯދަންޖެހޭ މީހުން ހޯދުން.
  9. އޮފީހާއި ރައްވެހިގެ ފެންވަޅު ދިޔަހިއްކާ ބެލެހެއްޓުން.
  10. އޮފީހާއި ރަށްވެހިގޭގެ ފުރާޅުގެ ދިޔަދޮތްވާ ފުރާޅު ސާފުކުރުމާއި ފެންނަގާ ހަންސާފުކޮށް ބެލެހެއްޓުން.
  11. އޮފީހާއި ރަށްވެހިގޭގެ ފާޚާނާތަށް ސާފުކޮށް ބެލެހެއްޓުން.
  12. ރަސްމީގަޑީގެ 10 މިނެޓު ކުރިން ޙާޟިރުވެ އޮފީސްތެރެ ކުނިކަހާ ސާފުކުރުން.
  13. އެކިއެކި ބައްދަލުވުމަށް ގޮނޑިޖަހާ ތަން ތައްޔާރު ކުރުން.
  14. މީގެ އިތުރުންވެސް ވެރިންއަންގާ އެންމެހާކަންކަން ކުރުން.
  15. ކައުންސިލްގެ މަސައްކަތްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން. 

ސުންގަޑި:

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން30 މާޗް 2017 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާއަށް ސިވިލްސަރވިސް ވަޒީފާއަށް އެދޭފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ސިވިލްސަރވިސް ވަޒީފާއަށް އެދޭފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން  ޑައުންލޯޑް ކުރެވޭނެއެވެ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް  މިއިދާރާގެ ނަންބަރ 6560018 ފޯނާ ގުޅުއްވުން އެދެމެވެ.

މިވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުގެ އިންޓަވިއު އޮންނާނީ 02 އޭޕްރިލް 2017 އާއި 20 އޭޕްރިލް 2017 އާ ދެމެދު ނ.ހެނބަދޫ ކައުންސިލް އިދާރާގައެވެ. އިންޓަވިއުއަށް ޙާޟިރުވުމަށް 24 ގަޑިރުގެ ކުރިން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. ( މިފަދަ ސެޓްފިކެޓްތްއް އެކުރެޑިޓް ކުރަން ނުޖެހޭނެއެވެ. )

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
22 ޖުމާދިލްއާޚިރު 1438
20 މާރިޗް 2017
 
21 މާރިޗު 2017
ހޯދާ