ދިވެހިރާއްޖެ
އިޢުލާން
މުލަކަތޮޅު މުލިން ގޯތިދޫކުރުން.
މުލަކަތޮޅު މުލިން ގޯތި ބޭނުންވާފަރާތްތަކަށް ގޯތިދޫކުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މިފަހަރު
ދޫކުރުމަށް ބިމާބެހޭ މިނިސްޓްރީއިން ހުއްދަ ދެއްވާފައިވަނީ 34 ގޯއްޗެވެ. އެހެންކަމާއިއެކު މިކައުންސިލުން މިފަހަރު ގޯތިދޫކުރުމަށް
ނިންމާފައިވާ ސަރަހައްދުގެ ޗާޓް މި އިޢުލާނާއެކު މިވަނީއެވެ.
ވީމާ، މިރަށުން ގޯތިބޭނުންވާފަރާތްތަކަށް ގޯއްޗަށް އެދޭފޯމްދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވާގޮތް
ތިރީގައި އެވަނީއެވެ.
ފޯރމް ދޫކުރުމާއި ބަލައިގަތުން: 15 މާރޗް 2017 ވާ ބުދަ ދުވަހުގެ 09:00 ން ފެށިގެން 04 އޭޕްރީލް 2017 ވާ އަންގާރަ
ދުވަހުގެ 11:00 ނިޔަލަށް
ފޯރމް ދޫކޮށް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިތައް: 15 މާރޗް 2017 ވާ ބުދަ ދުވަހުގެ 09:00 ން ފެށިގެން 04 އޭޕްރީލް
2017 ވާ އަންގާރާ ދުވަހާ ދެމެދު ބަންނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 11:00 އަށް
ފޯރމް ބަލައިގަތުމުގެ ސުންގަޑި: 04 އޭޕްރީލް 2017 ވާ އަންގާރަ ދުވަހުގެ 11:00 ގެ ނިޔަލަށް
ގޯތިލިބޭނީ ގޯއްޗަށްއެދޭ ފޯމްގައިވާ މަޢުލޫމާތުތަކުގެމަށްޗަށްބަލާ އެންމެގިނަ ޕޮއިންޓްލިބޭ 34
ފަރާތަށްކަމުގައިވެސް ދަންނަވަމެވެ. ގޯއްޗަށް އެދޭފޯމާއިއެކު ޕޮއިންޓްދޭން ހަމަޖެހިފައިވާ ގޮތުގެ ތާވަލެއް ހިމެނިފައިވާނެއެވެ.
ފޯރމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާއިން.
މުލިން ގޯތިދޫކުރުމަށް ކުރިން ކޮށްފައިވާ ނަންބަރ 42/2016/365 (21 ޖޫން 2016) އިޢުލާނާ
ގުޅިގެން ހުށަހަޅާފައިވާ ހުރިހާފޯމެއް ވަނީ ބާތިލް ކުރެވިފައެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
14 މާރޗް 2017