ކ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއްހޯދުން

މިމަރުކަޒުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރ GS-14/IUL/2017/05 (22 ފެބްރުއަރީ 2017) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ 1 ފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

ވީމާ، 2017 ވަނަ އަހަރު  މިމަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 މާރޗް 21 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިމަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުށްފަހު އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

 

މައުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 2017 މާރޗް 22 ވާ ބުދަ ދުވަހު ހެނދުނު 11:00 ގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ތާރީޚަކީ 2017 މާރޗް 23 ވާ ބުރާސްފަތިދުވަހު 12:00 އެވެ. ޕްރީބިޑް މީޓިންގ އަށް ހާޒިރުވެނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބް ބާޠިލްވާނެ ވާހަކަ ދެންނެވީމެވެ.

16 މާރިޗު 2017
ހޯދާ