ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޓެންޑެންޓް

c

  ދ. އަތޮޅު ހޮސްޕިޓަލް

     ދ.ކުޑަހުވަދޫ ،

      ދިވެހިރާއްޖެ. 

 

ވަޒީފާގެ ފުރުޞަތު

ނަމްބަރު: DHAH/2017/004

ތާރީޚް: 21 މާރިޗު 2017

 

މިހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

 

މަޤާމު

އެޓެންޑެންޓް

ބޭނުންވާ ޢަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: SS.2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޝަން/ ސެކްޝަން

ނާރސިންގ ޑިޕާރޓްމަންޓް

 

ވަޒިފާ އަދާކުރަންޖެހޭ ތަން

ދ. އަތޮޅު ހޮސްޕިޓަލް / ދ. ކުޑަހުވަދޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތް

1. ހޮސްޕިޓަލްގެ އިމާރާތާއި، ފަރުނީޗަރ އަދި ހިފާގެންގުޅޭ ތަކެއްޗާއި އިކްއިޕްމަންޓްސް ފަރުވާތެރިކަމާއެކު ވިހާވެސް ސާފުތާހިރުކަމާއެކު ބެލެހެއްޓުން.

2. ބަލިމީހުންނަށް ޚިދުމަތްދިނުމުގައި ނަރުހުން އެދިއްޖެނަމަ އެހީތެރިވެދިނުން.

3. ހޮސްޕިޓަލްގައި އުފެދޭ ކުނި ރައްކާތެރިކަމާއިއެކު ނައްތާލުން (އިންސިނަރޭޓް ކުރުން).

4. ހަފްތާއަކު ދެދުވަހު ކުޑަދޮރުތައް ފޮޅާ ސާފުކޮށް އެހެން ދޮރުތައް ހަފްތާއަކު އެއްފަހަރު ދޮވެސާފުކުރުން. އަދި ހޮސްޕިޓަލް ތަޅުންގަނޑު މަދުވެގެން ދުވާލަކު އެއްފަހަރު ޑިޓޯލް ބޭނުންކޮށްގެން ސާފުކުރުން.

5. ޑިއުޓީގައި ހަޑިވާ ބެޑްޝީޓާއި ތުވާލި ފަދަ ތަކެތި ޑިއުޓީ ނިމުމުގެ ކުރިން ސާފުކޮށްދޮވެ އިސްތިރިކޮށް ވާރޑްތަކަށް ތަކެތި ހަމަކޮށްފައި ބެހެއްޓުން.

6. ބެޑްޝީޓްފަދަ ތަކެތިލާ ކަބަޑުތައް، ޓްރޯލީ އަދި އެނދުފަދަ ތަކެތި ދޮވެ ސާފުކުރުން. އަދި

   މީގެ އިތުރުން ބަލިމީހުންނަށް ޚިދުމަތް ދިނުމުގައި ބޭނުންކުރާ އެންމެހައި ތަކެތި ދޮވެ ސާފުކޮށް ބެލެހެއްޓުން.

7. އޮޓޯކުލޭވް ކުރުމާބެހޭ މަސައްކަތުގައާއި އަދި ނަރުހުން ހޮސްޕިޓަލްގައި ކުރާ ކޮންމެ މަސައްކަތެއްގައިވެސް އެދިއްޖެނަމަ އެހީތެރިވެދިނުން.

8. މީގެ އިތުރުން ހޮސްޕިޓަލްގެ ވެރިންނާއި އަދި އިސްމުވައްޒަފުން އަންގާ މަސައްކަތް ކުރުން ( އޮފީސް މަސައްކަތް ).

ތަޢުލީމާއި ތަޖުރިބާ

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

2.  މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

3. ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެމަސައްކަތް ކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

 

ޢިނާޔަތްތައް

1. ސިވިލް ސަރިވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

 

ހުށައަޅަންޖެހޭ ލިޔުންތައް

 

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް( ވަޒީފާއަށް އެދޭ ފޯމް ދ. އަތޮޅު ހޮސްޕިޓަލްގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑް ކުރެވޭނެއެވެ).

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިކްޓް ކޮށްފައިވާ ސެޓުފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓްތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ). ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓްތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

5. ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

 

ސުންގަނޑި

30 މާރިޗު 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ދ. ހޮސްޕިޓަލަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

04 އޭޕްރީލް 2017 ން 12 އޭޕްރީލް 2017 އާއި ދެމެދު ދ. އަތޮޅު ހޮސްޕިޓަލްގައި.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަމްބަރަކީ 6760622 ،6760087 އެވެ. ވަޒީފާއަށް އެދޭ ފޯމް ދ. އަތޮޅު ހޮސްޕިޓަލްގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑް ކުރެވޭނެއެވެ

 

 

                  އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.                    

                    22  ޖުމާދުލްޢާހިރާ  1438  

                    21  މާރިޗު  2017  

 

 

 

 

 

 

 

 

  

 

21 މާރިޗު 2017
ހޯދާ