| 
 މަޤާމް: 
 | 
 އެސިސްޓެންޓް ޕަބްލިކް ރިލޭޝަން އޮފިސަރ 
 | 
| 
 މަޤާމުގެ ނަންބަރު: 
 | 
 J-257189 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 01 
 | 
| 
 މަޤާމުގެ ގިންތި: 
 | 
 ދާއިމީ 
 | 
| 
 މަޤާމުގެ ރޭންކް: 
 | 
 GS4 
 | 
| 
 މަޤާމުގެ ކްލެސިފިކޭޝަން: 
 | 
 އޮފިސަރ ގްރޭޑް2   
 | 
| 
 ސެކްޝަން: 
 | 
 ސްޓޭކް ހޯލްޑަރ ރިލޭޝަންސް 
 | 
| 
 މަޤާމް އޮތް އޮފީސް: 
 | 
 ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) 
 | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން: 
 | 
 ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ 
 | 
| 
 މުސާރަ: 
 | 
 މަހަކު -/5020 ރުފިޔާ 
 | 
| 
 ސަރވިސް އެލެވަންސް: 
 | 
 މަހަކު -/1500 ރުފިޔާ 
 | 
| 
 އިތުރު ޢިނާޔަތްތައް: 
 | 
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
 
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
 
- މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35
 
- ރިސްކު އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް 50/- ރުފިޔާ،
 
 
  
 | 
| 
 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 | 
- މިއެޖެންސީގެ ސްޓޭކް ހޯލްޑަރ ރިލޭޝަންސް ސެކްޝަންއަށް ލިބޭ ސިޓީތަކާއި މެސެޖްތަކަށް ސެކުޝަނުގެ ވެރިއެއްގެ ލަފާގެ މަތިން ޖަވާބު ދިނުން.
 
- އެންސްޕާ އިން ހިންގާ ތަފާތު ޕްރޮގްރާމްތަކާއި ގުޅޭ ޕްރެސް ރިލީސް އަދި އަތްމަތީ ފޮތް ނުވަތަ ބްރޯޝަރ ވެރިންގެ އިރުޝާދުގެ ދަށުން ތައްޔާރުކުރުން.
 
- އޮފީހުން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ޕަބްލިކް ރިލޭޝަންސްގެ ޢަމަލީ މަސައްކަތްތައް ރާވައި ހިންގުމުގެ އެންމެހައި ކަންކަން އިސްވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުން
 
- މިއިދާރާގެ ވެބްސައިޓް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އާއްމުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު މީޑިއާ މެދުވެރިކޮށް ފޯރުކޮށްދިނުން.
 
- މި އިދާރާއިން ހިންގާ މުހިންމު ޙަރަކާތްތަކުގެ މަޢުލޫމާތު ވަގުތުން ވަގުތަށް އެޖެންސީއިން ކަނޑައަޅާ ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމުންނަށް ފޯރުކޮށްދިނުން .
 
 
  
 | 
| 
 މަޤާމުގެ ޝަރުޠުތައް: 
 | 
- މީޑިއާ، ޕަބްލިކް ރިލޭޝަންސް / މާސް ކޮމިއުނިކޭޝަން / ޖާނަލިޒަމް ނުވަތަ މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
 
 
ނުވަތަ 
- މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިނާޙުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
 
 
ނުވަތަ 
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިނާޙުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މީޑިއާ/
 
 
  ޕަބްލިކް ރިލޭޝަންސް / މާސް ކޮމިއުނިކޭޝަން / ޖާނަލިޒަމްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ  ތަޖުރިބާ ލިބިފައިވުން. 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
  
 | 
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
 
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
 
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން
 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  
 | 
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
 
 
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
 
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
 
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
 
 
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
 | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 
 | 
 ވަޒީފާއަށް އެދޭ ފޯމު މި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.nspa.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 މާރޗް 2017 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ.ދޮންވެލި އިމާރާތް، އަމީނީމަގު)  އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3003535 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. 
    
 | 
| 
 އިންޓަވިއު އަދި އިމްތިޙާނާއި ޕްރެޒެންޓޭޝަނ އޮންނާނެ ތަނާއި، މުއްދަތު: 
  
 | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނީ، 04 އޭޕްރިލް 2017  އާއި 20 އޭޕްރީލް 2017 އާ ދެމެދު، ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)،ކ.މާލެ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 
  
 | 
| 
 ޝޯޓް ލިސްޓްކުރުން: 
  
 | 
 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
  
  
 | 
| 
 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ 
  
 | 
 30% (ތިރީސް އިންސައްތަ) 
  
 | 
| 
 އިތުރު މަޢުލޫމާތު ހޯދުން: 
 | 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 ނުވަތަ 3005353 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3003535 އެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ. 
 | 
   
 |